މަސައްކަތް
ނަންބަރު: (IUL)141-P/141/2026/81
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި:
09 ޖޫން 2026 10:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަށް ސިޓީ (ދަނޑިމަގު އަވަށު)ގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
ފުވައްމުލަށް ސިޓީ (ދަނޑިމަގު އަވަށު)ގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 21 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް "ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 21 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ފަހުން ބީލަމާއި ގުޅޭ މައުލޫމާތުތައް ހިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/pRudrXCepfN9r3Zp9
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 09 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ)ގައެވެ.
18 މޭ 2026