މަސައްކަތް
ނަންބަރު: (IUL)30-P1/30/2026/42
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 03 ޖޫން 2026 11:00
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު-މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުޅުމާލޭގައި ހުންނަ ފެޑް ސެންޓަރާއި، ވިލިމާލޭގައި ހުންނަ ފިޝަރީޒް ޓްރެނިންގ ސެންޓަރާއި އަދި ހުޅުމާލޭގައި ހުންނަ އޮޅުހިޔާގެ ސެކިއުރިޓީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބެލެހެއްޓުމުގެ މަސައްކަތް

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތިރީގައިވާ ސެންޓަރތަކުގެ ސެކިއުރިޓީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

  • ފެޑް ސެންޓަރ / ހުޅުމާލެ
  • ފިޝަރީޒް ޓްރެއިނިންގް ސެންޓަރ / ވިލިމާލެ
  • އޮޅުހިޔާ / ހުޅުމާލެ

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޖޫން 2026 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339239, 3322625 އަދި 3339279 ނަންބަރު ފޯނަށެވެ.

18 މޭ 2026