ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-BS/430/2026/17
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 08 ޖޫން 2026 13:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަދަބީ މުބާރާތްތައް 2026 އާގުޅޭ

2026ވަނަ އަހަރު މި އެކެޑަމީން ބާއްވާ އަދަބީ ބައެއް މުބާރާތްތައްކަމުގައިވާ އަލްއުސްތާޒު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 41ވަނަ ގައުމީ މުބާރާތާއި އައްޝައިޚު މަލިން މޫސާ މާފަތްކަލޭފާނުގެ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 38ވަނަ ގައުމީ މުބާރާތާއި ހުތް ޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 29ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑިތަކަށް މިހާރު ވަނީ ބަދަލުގެނެވިފައެވެ.

  • މަޒުމޫނު ލިޔުމުގެ 41ވަނަ ގައުމީ މުބާރާތް 2026 -  2026 ޖޫން 7 ވާ އާދީއްތަ ދުވަހުގެ 13:00އެވެ.
  • ޅެންހެދުމުގެ 29ވަނަ ގައުމީ މުބާރާތް 2026 – 2026 ޖޫން 8 ވާ ހޯމަ ދުވަހުގެ 13:00އެވެ.
  • ކުރުވާހަކަ ލިޔުމުގެ 38ވަނަ ގައުމީ މުބާރާތް 2026 - 2026 ޖޫން 8 ވާ ހޯމަ ދުވަހުގެ 13:00އެވެ

ފޯމު ފުރިހަމަނުވާ، ނުވަތަ ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަ ނުކޮށް ހުށައަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

މި މުބާރާތްތައް އޮންނާނީ 2026 ޖޫން މަހުގެ 20 ވާ ހޮނިހިރު ދުވަހުއެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތުގައި ބައިވެރިވާ އިސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށް، މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން އަންގާނެއެވެ.

މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ވެބްސައިޓުން www.dba.gov.mvލިބެން ހުންނާނެއެވެ.

މި ތިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމުhttps://forms.gle/a7ijowxTjfL85RVZ9  މި ލިންކުން ފުރުން އެދެމެވެ.

މި މުބާރާތްތަކާ ގުޅޭ އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 7772816އަށް ގުޅުމުން ލިބޭނެއެވެ.

18 މޭ 2026