ބީލަން
ނަންބަރު: (IUL)485-AP/1/2026/6
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 01 ޖޫން 2026 11:00
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ހިންގާ އިމާރާތުގެ ބޭސްމަންޓް، ގްރައުންޑް، ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާ އަމިއްލަ ތަކެތީގައި 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ - ފުރަތަމަ އެމެންޑްމަންޓް

 

ތަޢާރަފް   

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ހިންގާ އިމާރާތުގެ ބޭސްމަންޓް، ގްރައުންޑް، ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާ އަމިއްލަ ތަކެތީގައި 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)485-AP/1/2026/5 އިޢުލާންގެ ޓީ.އޯ.އާރްގައި އިދާރީ ކުށްހުރުމުން ޓީ.އޯ.އާރް އިސްލާހުކޮށްފައިވާތީ އެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މި ޢިއުލާންއާއި އެކު އިސްލާޙް ކުރެވިފައިވާ ޓީ.އޯ.އާރ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ޕްރީބިޑް ބައްދަލުވުން:

-

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 31 މޭ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ. މިސުވާލުތަކަށް 31 މޭ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ.

 

ބީލަން ހުށަހެޅުން އަދި ބީލަމުގެ ވެލިޑިޓީ:

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 1 ޖޫން 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

18 މޭ 2026