ދިވެހިރާއްޖެ
އިޢުލާން
ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި ވުޒާރާއިން ކުއްޔަށްދޫކޮށްފައިވާ މާލެ އަތޮޅު ފަޅު ޖިއޮގްރެފިކަލް ކޯޑިނޭޓްސް (4o37'28.1"N' 73o23'37.4"E) ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމެންޓުގެ ދަށުން، އެ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް އެ ފަޅުގެ ރަށް "ކަނބާޝާ" (ޖިއޮގްރެފިކަލް ކޯޑިނޭޓްސް 4o37'18.2856"N, 73o23'41.5608"E) އާ ގުޅިގެން ލިބިދީފައިވާ އެންމެހާ ޙައްޤުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، "ކަނބާޝާ" އާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މި އިޢުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އޮފީސް ބަންދުކުރުމުގެ ކުރިން، މި ވުޒާރާއަށް ލިޔުމަކުން ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް އަންގަވައި ދެއްވުން އެދި، ޢާންމުކޮށް އިޢުލާނުކުރީމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.