ދިވެހިރާއްޖެ
(IUL)38-AC/38/2026/695 :ނަންބަރު
އިޢުލާން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/3ޤަޟިއްޔާއިން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި މާލެ ސިޓީގައި ބެހެއްޓުނު ތ އަތޮޅު މާލެ-2 (NT.2 | 480) ނަންބަރު ވޯޓު ފޮށީގެ ސެކިއުރިޓީ އުރަތައް ކަނޑައި ވޯޓު ކަރުދާސްތައް ގުނުމަށްފަހު އަލުން އެ ފޮށީގެ ނަތީޖާ ކަނޑައެޅުމަށް ޙުކުމް ކުރައްވާފައިވާތީ، އެ ގޮތުގެ މަތީން އަލުން ވޯޓު ގުނުމަށްފަހު ކަނޑައަޅާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ރަސްމީ ނަތީޖާ މި ދަންނަވަނީއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
|
އިންސައްތަ |
ލިބުނު ވޯޓު |
|
# |
|
31.26% |
67680 |
އާނއެކެވެ. |
1 |
|
68.74% |
148859 |
ނޫނެކެވެ. |
2 |
|
|
216539 |
ޞައްޙަ ވޯޓު |
|
|
|
4572 |
ބާޠިލު ވޯޓު |
|
|
|
221111 |
ޖުމުލަ ވޯޓު |
|
|
|
294876 |
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު |
|
|
|
221111 |
ވޯޓުލީ މީހުންގެ ޢަދަދު |
|
|
|
74.98% |
ވޯޓުލީ މީހުންގެ އިންސައްތަ |
|
ވީމާ، ޞައްޙަ ވޯޓުގެ އަޣުލަބިއްޔަތު ލިބިފައިވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ނުފެންނަކަމަށެވެ.