ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2026/12
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2026
ޕަބްލިޝްކުރި ގަޑި: 18:08
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިކައުންސިލްގެ 5 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރުމާއި އ.ތ.މ ކޮމިޓީގެ މެންބަރުން އިޤުރާރުވުމުގެ ދަރުބާރާއިގުޅޭ
މިކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، ރ. މަޑުއްވަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުވުމުގެ ދަރުބާރު 2026 މޭ 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު ބޭއްވުމަށް ކުރިން ހަމަޖެހިފައިވީނަމަވެސް، މިހާރު ދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 13:00 ގައި ކަމުގައި އެންމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. ދަރުބާރު އޮންނާނީ މަޑުއްވަރީ ސްކޫލް ހޯލުގައެވެ.
މިދަރުބާރުގެ އަޑާއި މަންޒަރު ކައުންސިލްގެ ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބް ޗެނަލްއިން ވަގުތުން ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
މި ދަރުބާރުގައި އެންމެހާ ރައްޔިތުން ބައިވެރިވެދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
14 މޭ 2026