ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2026/146
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 20 މޭ 2026 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސެލިންގ އެސޯސިއޭޓް - ނޭޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓު

އިޢުލާން

 

 ނޭޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި

ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ކައުންސެލިންގ އެސޯސިއޭޓް

މަޤާމުގެ ނަންބަރު

 J-397996

ބޭނުންވާ އަދަދު

01 ( އެކެއް )  

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1

ޑިވިޜަން/ ސެކްޝަން

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓް / މެންޓަލް ހެލްތު ސައިކޮލޮޖިކަލް ސަޕޯޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓު/ ހުޅުމާލެ

މަސައްކަތް ކުރަންޖެހޭ ގަޑި

ޑިއުޓީ އުސޫލުން

މުސާރަ

-/9،514 ރުފިޔާ

މަގާމުގެ އެލަވަންސް

-/4,440 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/120
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 މޭ 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހެލްޕްލައިނަށް އަންނަ ފޯންކޯލުތަކަށް އޮންނަ އުސޫލުގެ ތެރެއިން ފަރުވާތެރިކަމާއި އެކު އިޖާބަދިނުން.
  2. އިނިޝަލް ރެސްޕޯންސް އެންޑް ކޭސް މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތްތައް ރޭވުމުގައި ބައިވެރިވުމާއި ވިލަރެސްކުރުމުގެ އެންމެހާ މަސައްކަތްކުން.
  3. ހެދިފައިވާ އެސް.އޯ.ޕީތަކާއި ގައިޑްލައިންތަކާއި އެއްގޮތަށް، ގުޅުންހުރި ޚިދުމަތްދޭ ތަންތަނާއި އެކު ރެފަރަލް ޕާތްވޭއެއްގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކު ހެލްޕްލައިނަށް އަންނަ ކޯލްތަކާއި ގުޅޭގޮތުން މަޢުލޫމާތު އަދާ ހަމަކުރުން.
  4. ހެލްޕްލައިނަށް އަންނަ ކްރައިސިސް ކޯލްތައް ނުވަތަ އިމަޖެންސީ ކޯލްތަކަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީ ހެދިފައިވާ އެސް.އޯ.ޕީ އަދި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުން.
  5. އިނިޝަލް ރެސްޕޯންސް އެންޑް ކޭސް މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތްތައް ރޭވުމުގައި ބައިވެރިވުމާއި ވިލަރެސްކުރުމުގެ އެންމެހާ މަސައްކަތްކުން.
  6. ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހެލްޕްލައިން މެދުވެރިކޮށް އަދި ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެފަދަ ފަރާތްތައް ދިރިއުޅޭ ހާލަތު ވަޒަންކުރުމަށް ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކުރުމުގެ މަސައްކަތް ރާވައި ހިންގުން އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ކުރަން ޖެހޭ ވޭދަނާއިގެ އެންމެހާ މަސައްކަތެއް ރޭވުމާއި އަދި ކުރުން.
  7. ނަފްސާނީ މައްސަލަތާކާއި ގުޅިގެން ހުށައެޅޭ މައްސަލަ ތަކުގައި އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އަދި ލިބިދޭންޖެހޭ އެންމެހާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި އާއިލާ އަދި ގުޅުން ހުރި އެހެން މުއައްސަސާތަކާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމާބެހޭ ދާއިރާތަކާއެކު މަސައްކަތްކޮށް، މި މަސައްކަތް ވިލަރެސްކުރުން.
  8. ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބިގެން ނުވަތަ ރައްކާތެރިކަމަށްޓަކައި ހުށަހެޅޭ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކުގެ އެސެސްމަންޓް ހަދައި އެކްޝަން ޕްލޭން ތައްޔާރުކުރުން.
  9. ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ވަގުތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގުޅުން ހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރުން.
  10. ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެފަރާތްތަށް ގެންނަންޖެހޭ ޙާލަތްތަކުގައި ރިހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން ޔުނިޓާއި މައުލޫމާތު ހިއްސާކޮށް ކޭސް ރިފާކުރުން.
  11. ޕޭޝަންޓުންގެ ކޭސްތަކާއި ގުޅޭ ކޭސް ނޯޓްސް ތައްޔާރުކުރުމާއި ޕޭޝަންޓުންގެ ފައިލްއަޕްޑޭޓް ކުރުމާއި ޕޭޝަންޓުންގެ ހައްގުތައް ހޯދާ ދިނުމުގެ އެންމެހާ މަސައްކަތައް ގުޅުން ހުރި ފަރާތްތަކާއި އެކު ކުރުން.
  12. ޕޭޝަންޓުންނަށް ދިމާވާ ކުއްލި ހަލާތްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުން.
  13. ހުށަހެޅޭ މައްސަލަތަކުގައި ތައްޔާރު ކުރަންޖެހޭ 'އިޖްތިމާޢީ ހާލަތު އަންގައިދޭ ރިޕޯޓް" ހަމަޖެހިފައިވާ އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލުމާއި އެކު ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހިއްޞާކުރުން.
  14. އަތޮޅުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ކޭސްތައް ބަލައި މޮނިޓަރކޮށް، އެ މައްސަލަތަކުގައި ޢަމަލުކުރަންވީގޮތުގެ ލަފަޔާއި އިރުޝާދު ފޯކަލްޕޮއިންޓުންގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ދިނުމާއި މައްސަލަ ކުރިއަށް ގެންދިއުމުގައި އެފަރާތްތަކަށް އެހީތެރިވެދިނުމާއި ކޭސްތަކުގެ މަސައްކަތްތައް ކުރުމާއި، އެފަދަ ކޭސްތައް ނިންމުން.
  15. ސެކްޝަންގެ މަސައްކަތްތަކާއި ގުޅިގެން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރުމާއި އަދި ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގަމުންދާ ގޮތް ސުޕަވައިޒަރާއި ހިއްސާކޮށް އަދާހަމަކުރުމާއި، ސެކްޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހައްލު ހޯދަން މަސައްކަތްކުރުން.
  16. ގުޅުން ހުރި މުއައްސަސާތަކާއި އެކު ގުޅިގެން މަސައްކަތްކުރުމާއި އެކު ގުޅުން ހުރި ފަރާތްތަކުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން، އަދި ޑިޕާޓްމެންޓް ނުވަތަ ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިއުންތައް ތައްޔާރުކުރުން އަދި ވެރިންނަށް/ސުޕަވައިޒަރުންނަށް ދޭން ޖެހޭ މައުލޫމާތު ލަސް ނުކޮށް ފޯރުކޮށްދިނުން.
  17. ނަފްސާނީ ދުޅަހެޔޮކަން ހޯދައި ދިނުމަށް އެޑްވޮކޭޓް ކުރުމާއި، އެހެނިހެން ޑިޕާރޓްމަންޓްތަކާއި އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާއި އަމިއްލަ ޖަމާޢަތްތަކާ ގުޅިގެން ނަފްސާނީ ސިއްޙަތު ކުރިއެރުވުމަށާއި އަދި ހޭލުންތެރިކުރުމަށް މަސައްކަތްކުރުން.
  18. ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތަށް ކުރުން.
  19. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

 

މަޤާމުގެ ޝަރުތުތައް

  1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6ގެ /އެޑްވާންސް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީއެއް ހާސިލުކޮށްފައިވުން.

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސް އޮތް ފަރާތެއްކަމުގައިވުން

ތަޢުލީމީ ރޮނގުތައް:

  • އެޑިކްޝަން ކައުންސެލިންގ  
  • އެޕްލައިޑް ބިހޭވިއަރ އެނަލިސިސް  
  • ބިހޭވިއަރަލް ސައިކޮލޮޖީ  
  • ކްލިނިކަލް މެންޓަލް ހެލްތް ކައުންސެލިންގ  
  • ކްލިނިކަލް ސައިކޮތެރަޕީ  
  • ކައުންސެލިންގ  
  • ކައުންސެލިންގ އެންޑް ސައިކޮތެރަޕީ  
  • ކައުންސެލިންގ ޗިލްޑްރަން އެންޑް ޔަންގް ޕީޕަލް  
  • ކައުންސެލިންގ ސައިކޮލޮޖީ  
  • މެރިޖް އެންޑް ފެމިލީ ކައުންސެލިންގ  
  • މެރޭޖް އެންޑް ފެމިލީ ތެރެޕީ  
  • މެންޓަލް ހެލްތް ކައުންސެލިންގ  
  • ސައިކޯތެރަޕީ  
  • ސައިކޮތެރަޕީ ކައުންސެލިންގ  
  • ރިހެބިލިޓޭޝަން ކައުންސެލިންގ  
  • ސްކޫލް ކައުންސެލިންގ  
  • ތެރަޕިއުޓިކް ކައުންސެލިންގ 

ގުޅޭ ވަޒީފާގެ ދާއިރާ

  • ކައުންސެލިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މުއްދަތު ހަމަނުވާ     ރަޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން                    

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު       

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ     ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 20 މޭ 2026 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) އަދި އިންޓަރވިއު އޮންނާނީ، 2026 މޭ ނުވަތަ ޖޫން މަހު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014407،3014403 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 މޭ 2026