ދިވެހިރާއްޖެ
އދ.ފެންފުށީ ކައުންސިލްގެ، 5 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުންހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ޚާއްޞަ ރަސްމިއްޔާތު މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ 17 މޭ 2026 ވާ އާދީއްތަ ދުވަހު ހެދުނު 11:30ގައި އދ. ފެންފުށީ އިޖުތިމާއީ މަރުކަޒުގައެވެ.
މި ރަސްމިއްޔާތަކީ ރަށުގެ ތަރައްޤީއާއި ކުރިމަގާ ގުޅިފައިވާ މުހިންމު ރަސްމިއްޔާތަކަށް ވާތީ، ފެންފުށީގެ ލޮބުވެތި އެންމެހާ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވަޑައިގެން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މި ދަރުބާރުގައި ބައިވެރި ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.