ނީލަން
ނަންބަރު: AIA-E1/IL/2026/005
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 19 މޭ 2026 00:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ޢިމާރާތްތައް ނީލަން ކިޔުން

ނަންބަރު: AIA-E1/IL/2026/005              

އިޢުލާން

ޢިމާރާތްތައް ނީލަން ކިޔުން

 

ސ.ގަމުގައި ހުރި  ބައެއް ޢިމާރާތްތަކުގައިވާ ފުރާޅާއި މަތިވަޑާން ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. އަދި ފުރާޅާއި މަތިވަޑާން ރޫޅާލުމަށްފަހު ޢިމާރާތް އެއްކޮށްތަޅާ ތަން ސާފުކުރުމަށްވެސް ބޭނުންވެއެވެ. ވީމާ، މިޢިމާރާތްތަކުގައިވާ ފުރާޅާއި މަތިވަޑާންގަތުމަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ހުޅުވާލަމެވެ. މިޢިމާރާތްތައް ބަލަން ބޭނުންވާ ފަރާތްތަކުން، 17 މެއި 2026 އިން 19 މެއި 2026 ވަނަ ދުވަހާއި ހަމަޔަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް މި އޮފީހަށް ޙާޟިރުވުމުން ޢިމާރާތް ހުރި ސައިޓަށް ގޮސް ބެލޭނެ ވާހަކަ ދަންނަވަމެވެ.

ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަގު ހުށަހަޅުއްވާނީ މި އިޢުލާނާ އެކު ހީރަސްކުރެވިފައިވާ ފޯމުން، ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 13:00 ގެ ކުރިންނެވެ. ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ނިޔަލަށް ހުށަހެޅިފައިވާ އެންމެ މަތީއަގު މި ކުންފުނީގެ އެޑްމިން އޮފީހުގެ ނޯޓިސް ބޯޑްގައި ޝާއިޢުކުރެވޭނެއެވެ.

އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު، ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮތްނަމަ އެ އަގު ހުށަހެޅި ފަރާތެއްގެ ނަމުގައި ނީލަން ނިންމައިލެވޭނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ދިނުމަށްފަހު 05 ދުވަސް ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނު ކުރެވޭނެއެވެ.

ނީލަން ކާމިޔާބު ކުރި ފަރާތްތަކުން ނީލަން ކިޔުނު ތަކެތީގެ ފައިސާ ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެވަނަޔަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އެ ފުރުޞަތު ދެވޭނެއެވެ. ދެވަނަޔަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތުން ވެސް ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެއެވެ.

މި ނީލަމާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6898515 އަށެވެ.  

މިއިޢުލާނާއެކު ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ޢިމާރަތް ތަކުގެ މަޢުލޫމާތާއި ނީލަން ފެށޭއަގު އަދި ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  

ނޯޓް: މިނީލަމުގައި ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ބައިވެރިނުވެވޭނެއެވެ. އަދި ކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުން، ޑިޕާޓްމަންޓް/ސެކްޝަން ތަކުގެ ވެރިން، އެސިސްޓެންޓް މެނޭޖަރުން އަދި ބޯޑްގެ މެމްބަރުންނަށް އަދި އެބޭފުޅުންގެ ޢާއިލާގެ މެމްބަރުންނަށް ބައިވެރިނުވެވޭނެއެވެ.

14 މޭ 2026