ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:02
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ޢާއިލީ މައްސަލަތަކާ ގުޅޭ ފޯމުތައް އިޞްލާޙުކޮށް، އަދާހަމަކުރެވިފައިވާ އައު ފޯމު ސެޓް ޝާއިއުކުރުމާ ގުޅޭ
މި ކޯޓަށް ހުށަހަޅޭ ޢާއިލީ މައްސަލަތަކާ ގުޅޭ ފޯމުތައް އިޞްލާޙުކޮށް، އަދާހަމަކުރެވިފައިވާ އައު ފޯމު ސެޓް 2026 މެއި 17 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި ތާރީޚުން ފެށިގެން މި ކޯޓަށް އާއިލީ މައްސަލަތަކާ ގުޅޭ ފޯމްތައް ހުށަހަޅުއްވާއިރު ބޭނުންކުރައްވަންވާނީ އަދާހަމަކުރެވިފައިވާ އައު ފޯމުތައް ކަމުގައި ދަންނަވަމެވެ. މި ފޯމުތައް މި ކޯޓުގެ ވެބްސައިޓް (https://ha-hoarafushi.courts.gov.mv/downloads) އިން ލިބިވަޑައިގަންނަވާނެއެވެ.
14 މޭ 2026