ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ 'ވިޒިޓް ކުޅުދުއްފުށި' ވެބްސައިޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ކުޅުދުއްފުށިން ލިބެންހުންނަ ތަފާތު ޚިދުމަތްތަކާއި، އަމިއްލަ ވިޔަފާރިތަކާބެހޭ މަޢުލޫމާތު ޙިއްސާކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައި. މި ވެބްސައިޓްގެ ބޭނުމަކީ ކުޅުދުއްފުށްޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީހާވެސް ފަސޭހަކަމާއެކު ރަށާއި ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމު ޤާއިމުކުރުން.
މި ވެބްސައިޓުގައި މައުލޫމާތު ހިމެނުމަށް މިވަގުތު ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި:
- ގެސްޓްހައުސް އަދި ހޯމްސްޓޭ ޚިދުމަތްދޭ ތަންތަން.
- ކެފޭ، ރެސްޓޯރެންޓް އަދި ފުޑް ކިއޮސްކްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް.
- އެކި ބާވަތުގެ އެއްގަމު އުޅަނދު ކުއްޔަށްދޫކުރާ ފަރާތްތަކާއި، ކުލީ ދަތުރުކޮށްދޭ ފަރާތްތައް.
- ފޮޓޯނެގުމާއި ވީޑިއޯގްރަފީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް.
- އަމިއްލަ އުފެއްދުންތައް ތައްޔާރުކޮށް، ވިއްކާ ފަރާތްތައް (ކާބޯތަކެތި އަދި އަތްތެރި މަސައްކަތުގެ ބާވަތްތައް).
- ދަތުރުވެރިންނާއި ގުޅޭ ތަފާތު ތަޖުރިބާތައް އިންތިޒާމުކޮށްދޭ ފަރާތްތައް (ސްޕޯޓްސް ފިޝިންގ، ކެނޯ ރައިޑިންގ، ވޯޓަރސްޕޯޓްސް، ޓުއަރ ގައިޑުން)
މީގެ އިތުރުން، ކުޅުދުއްފުށްޓާބެހޭ ގޮތުންނާއި، ކުޅުދުއްފުށިން ކުރެވިފައިވާ ތަޖުރިބާތަކާބެހޭ ގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުންތައް ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.
ވީމާ، ވެބްސައިޓުގައި މަޢުލޫމާތު ޝާއިރުކުރަން ޝައުގުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ޙިއްސާކުރެއްވުން އެދެމެވެ. މަޢުލޫމާތު ހިއްސާކުރުމާގުޅޭ އިތުރު ތަފްޞީލް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7971621 އަށްގުޅުއްވުން އެދެމެވެ.