ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)295-B/2026/31
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2026
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 02 ޖޫން 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް މަޤާމަށް މީހެއް ހޯދުން

                                                  ނަމްބަރ: (IUL)295-B/2026/31

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މަޤާމް:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-389355

ބޭނުންވާ އަދަދު:       

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕަބްލިކް ސާރވިސް ރޭންކް 1 – ސްޓެޕް 1                                              

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން / ޔުނިޓް:

މުނިސިޕަލް ސާރވިސް އެންޑް އިންފްރާސްޓްރަކްޗަތ ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. ހޮޅުދޫ ކައުންސިލްގެ އިދާރާ

މުސާރަ:            

މަހަކު 7700.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2310.00 ރުފިޔާ

އެހެނިހެން އެލަވަންސް:

 

  1. ޙާޟިރީ އެލަވަންސް: 60.00 ރުފިޔާ ( ޙާޟިރުވާ ކޮންމެ ދުވަހަކަށް )
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ހަމަޖެހިފައިވާ ގޮތުގެމަތިން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަރވައިޒަރގެ ލަފާޔާ އިރުޝާދުގެމަތިން ކުރުން
  3. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މަގުމަތީގައި ޢާއްމު އުނދަގޫވާގޮތަށް ހުންނަގަސް/ ރުއް ކޮށައި ސާފުކޮށް ކުނިގޮނޑަށް އުކާލުން
  4. އިޖުތިމާއީ ސަރަހައްދު ތެރޭގައި ހިމެނޭ މަގުތަކާއި ބަނދަރު ސަރަހައްދާއި ކުޅިވަރުކުޅޭ ސަރަހައްދު ކަމަށް ކަނޑައަޅާފައިވާ ތަންތަން ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން ސާފުކޮށް ބެލެހެއްޓުމާއި އިޖުތިމާއީ ސަރަހައްދު ނޫން ތަންތަން ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ސާފުކޮށް ބެލެހެއްޓުން
  5. ކައުންސިލުން ހަމަޖައްސަވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ނ. ހޮޅުދޫ ގޭބިސީތަކުންނާއި އާއްމު ތަންތަނާއި މުއައްސަސާތަކުގައި އުފެދޭކުނި ނެގުން
  6. ކުނިކޮއްޓަށް ގެނެވޭ ކުނި ވަކިކުރުން
  7. ރީސައިކަލް އަދި ރީޔޫސަބަލް ކުރެވިދާނެ ކުނި ވަކިކޮށް ޖަމާކުރުން
  8. ކުނިކޮށްޓާއި ކުނި އުފުލުމަށް ގެންގުޅޭތަކެތި ދޮވެ ސާފުކުރުން
  9. ކުނިކޮށިން ބަނދަރަށް ނެރެންޖެހޭ ތަކެތި ބަނދަރަށް ގެންދިއުމުގެ މަސައްކަތް ކުރުން
  10. ރަށުގެ މަގުތަކާއި އާއްމު ބިންތަކާއި އިޖުތިމާއީ ސަރަހައްދުތަކުގައި އަދި ބަނދަރުގައި އުފެދޭ ކުނި ނަގައި ކުނިކޮއްޓަށް ގެންދިއުމުގެ މަސައްކަތްކުރުން
  11. ކައުންސިލުން އަންގާ ގޮތެއްގެމަތިން ރަށުގެ މަގުތައް ހުސްބިންތައް އިޖުތިމާޢީ ސަރަހައްދުތަކާއި ބަނދަރުގައި ނުނަގާ ގިނަ ދުވަސްވެފައި ހުންނަ ތަކެތި ނެގުން
  12. ޤުދުރަތީ ޙާދިޘާއެއް ނުވަތަ އެނޫންވެސް ޙާލަތެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އިދާރާއިން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތަކު ކުރަންޖެހޭ ކަންކަން ކުރުން
  13. އިދާރާގެ ފަރާތުން ހިންގާ ކުނިނައްތާލުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ގޭގެއާއި ތަންތަނުގައި އުފެދިފައި ހުންނަ ކުނި ގޭގެއާއި ތަންތަނުން ނެގުމާއި، ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ޖަމާކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުނ
  14. ދަގަނޑާއި، ޕްލާސްޓިކް، ބިއްލޫރި، ( ބަދިގެ ) ކުނިވާޒާތުކުނި، އަދި ފަތްކުނި ވަކިކޮށް، ފަސޭހައިން ޕިކަޕްގައި ގެންގުޅެވޭނެ ގޮތެއްގެމަތިން ޕިކަޕަށް ކުނި ލޯޑްކުރުން
  15. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ވަކިކުރާ ކުނީގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ބާވަތްތަކުގެ ތެރެއިން ދަގަނޑު ބާވަތްތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނިބެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނުގައި ތަރުތީބުކޮށް ބެހެއްޓުމުގެ މަސައްކަތް ކުރުން
  16. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ޖަމާކުރެވުފައި ހުންނަ ކުނި ރަށުން ބޭރަށް ގެންދިޔުމަށް ކުނި ބަރުކުރުމުގެ މަސައްކަތް ކުރާ ދުވަސްތަކުގައި ކުނިގެންދާ ފަރާތުން އެދޭ އެންމެހައި މަސައްކަތް ކުރުމަށް އިދާރާއިން ހަމަޖައްސާ އުޞޫލާއި އެއްގޮތަށް އެފަދަ މަސައްކަތްތައް ކުރުން
  17. އިދާރާގެ ފަރާތުން ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް ކުރުވުމަށް ކަނޑައަޅާ އިސްވެރިއެއްގެ ލަފާގެމަތިން ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  18. ޕިކަޕް ދުއްވުން ( ޑްރައިވަރ ޗުއްޓީ ، ސަލާމް، އޮފްގައި ހުންނަ ހާލަތުގައި، ލައިސެންސް އޮތްނަމަ )
  19. ކުނި މެނޭޖްކުރުމާއި ބެހޭ ޢަމަލީ މަސައްކަތްތައް ކުރުމާއި ކުނިމެނޭޖްކުރުމަށް ކައުންސިލުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން މެނޭޖުކުރުން
  20. ކުނިމެނޭޖްކުރުމަށް ކައުންސިލުން ކަނޑައަޅާ އުސޫލާއި އެއްގޮތަށް ކުނިކޮށި ހުޅުވާ ލެއްޕުމާއި، ކުނިކޮއްޓަށް ގެންދާ ކުނި ބަލައިގަތުން
  21. ކުނިކޮށްޓަށް ކުނިގެންދާ ފަރާތުން ކުނި ގެންދަނީ ކައުންސިލުން ކުނި ވަކިކުރަން އަންގާފައިވާ ބައިތަކަށްތޯ ބަލާ، އެގޮތަށް ޢަމަލުކުރުމަށް ކުނިގެންދާ ފަރާތްތަކަށް އެންގުމާއި، އުސޫލުތަކާއި ހިލާފަށް ކުނިގެންދާ ފަރާތްތަކުގެ މައްސަލަ ލިޔުމުން ކައުންސިލަށް ރިޕޯޓްކުރުން
  22. ވަކިވަކި ބައިތަކަށް ބައިކުރެވޭ ކުނިތަކުގެ ތެރެއިން ކުނިކޮށީގައި ނައްތާނުލެވޭ ކުނި ގުދަންކުރުމަށް ކުނިކޮށީގައި ޤާއިމްކުރެވިފައިވާ ސަރަހައްދުގައި ރައްކާތެރިގޮތުގައި ކުނި ގުދަންކުރުމަށް ކުނިކޮށީގައި ޤާއިމްކުރެވިފައިވާ ސަރަހައްދުގައި ރައްކާތެރިގޮތުގައި ކުނި ގުދަންކުރުން
  23. ކުނިމެނޭޖްކުރުމަށްޓަކައި ބޭނުންވާ ސާމާނުގެ ލިސްޓް އެކުލަވާލުމާއި، ތަކެތި ހޯދުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރުމާއި، އެމަސައްކަތަށް އެއްބާރުލުން ދިނުން
  24. ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ކުނިކޮށްޓަށް ގެންދެވޭ ކުނީގެ ތަފާސްހިސާބު ބަލަހައްޓާ، ކައުންސިލަށް މަޢުލޫމާތު ފޯރުކޮށްދިނުން
  25. ކުނިކޮށީގެ ހާލަތު ރަނގަޅު ކުރުމާއި، ތަނަށް ބޭނުންވާ ޚިދުމަތްތައް ޤާއިމްކުރުމުގައި ކައުންސިލަށް އެއްބާރުލުންތައް ދިނުން
  26. ކައުންސިލުން ހިންގާ ކުނި މެނޭޖްކުރުމާއި ގުޅުންހުރި ޕްރޮގްރާމްތަކަށް އެހީތެރިކަމާއި، އެއްބާރުލުން ދިނުން
  27. ކައުންސިލުން ވަކި އިންތިޒާމެއްގެ ދަށުން ކުނި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނަމަ، އެމަސައްކަތަށް އެއްބާރުލުން ދިނުމާއި ޙާއްސަ ކުނި ނެގުމުގެ އިންތިޒާމް ކައުންސިލުން ހަމަޖައްސާނަމަ އެމަސައްކަތަށް އެއްބާރުލުން ދިނުން
  28. ރަށުގައި ނައްތާނުލެވޭ ކުނި ރަށުން ބޭރަށް ގެންދިޔުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރުން
  29. ކުނިކޮށީގައި މެޝިނަރީސް ބޭނުންކުރާނަމަ އެތަކެތި އޮޕަރޭޓްކޮށް ބެލެހެއްޓުން
  30. ކުނިކޮށީގައި ކުނި މެނޭޖްކުރެވޭ ގޮތުގެ މަޢުލޫމާތު ކައުންސިލުން އަންގާ ގޮތެއްގެ މަތިން ލިޔެ ބެލެހެއްޓުން
  31. އެހެން މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން އެމުވައްޒަފު ޗުއްޓީ/ ސަލާމް/ އާއިލީ ޒިންމާ ނެގުމުން ވެރިން އަންގާ ގޮތަކަށްކުރުން
  32. ވަޒީފާ ބަޔާނުގައި ނެތް ނަމަވެސް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ހާލަތު ނިޔާކުރާ ގޮތެއްގެމަތިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. 1. ލިޔަންކިޔަން އެގުން

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުޙަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން

ނުވަތަ

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގާދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

  • ·         ގުޅޭ ވަޒީފާގެ ދާއިރާ:

ފޮޅާ ސާފުކުރުން

 

  • ·         ތަޢުލީމީ ރޮގުތައް:

ނެތް

 

  • ·         ޕްރެފަރޑް ޑިސިޕްލިންތައް:

ނެތް

 

  • ·         ކޯރ ޑިސިޕްލިންތައް:

ނެތް  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި  މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.)

 http://www.csc.gov.mv/download/15151

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑުގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޟެއްނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުންދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން  https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ނ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ)  ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

(ބ)  ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ނޯޓް: މަޤާމަށް އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން ނ.ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ  ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 03 ޖޫން 2026 އާއި  17 ޖޫން 2026 އާއި ދެމެދު ނ.ހޮޅުދޫ ކައުންސިލްގެ އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) ޢާއްމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" ޢާއްމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިއިދާރާގެ 6560009 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ http://www.csc.gov.mv/dv/recruitment-usoolu)) އިން ލިބެން ހުންނާނެއެވެ.

 

14 މެއި 2026

14 މޭ 2026