ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2026/88
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2026
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 18 މޭ 2026 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު

ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ޕޯރޓަލް އިމްޕްލިމެންޓް ކުރުމާއި ގުޅޭ މަސައްކަތްތައް ހަލުވިކޮށް ކުރިޔަށްގެންދިޔުމަށްޓަކައި ތިރީގައި ދަންނަވާފައިވާގޮތަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމުގެ ނަން:

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ބޭނުންވާ އަދަދު:

03  

މުއްދަތު:

04 މަސް (ޚިދުމަތް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރާ ގޮތަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ، ކ. މާލެ

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. 

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މޭ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ

އަމީނީމަގު، މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected]

14 މޭ 2026