ދިވެހިރާއްޖެ
ވެއިސްޓްރެޑް ކޮމާޝަލް ބޮންޑެޑްވެއަރހައުސް ( WEISSTRAD COMMERCIAL BONDEDWAREHOUSE / WEISSTRAD PVT LTD ) ގައި ހުރި މުދަލާމެދު ގޮތެއް ނިންމުމަށާއި، މި ސަރވިސްއަށް ދައްކަންޖެހި ނުދައްކާހުރި ފައިސާ ދެއްކުމަށާއި، ރަޖިސްޓްރީ ބާޠިލްކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް މި ސަރވިސްއިން މުޢާމަލާތުކުރުމަށް ބޭނުންވެ، މުޢާމަލާތް ކުރެވިފައިނުވާ ފަރާތެކެވެ. އެހެންކަމުން ބުނެވިދިޔަ ބޮންޑެޑްވެއަރހައުސްގައި ހުރި މުދަލާމެދު ޢަމަލުކުރުމަށް ބޭނުންވާގޮތެއް 16 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ސަރވިސްއަށް އެންގެވުމަށް ދަންނަވަމެވެ. އަދި ބޮންޑެޑްވެއަރހައުސްގައި ހުރި މުދަލާމެދު ޢަމަލުކުރުމަށް ބޭނުންވާގޮތެއް ބުނެވިދިޔަ ތާރީޚްގެ ކުރިން މި ސަރވިސްއަށް އަންގާފައިނުވާނަމަ، މި ބޮންޑެޑްވެއަރހައުސްގައި ހުރި މުދަލާމެދު ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ މެއިލް ([email protected]) އަދި ނަންބަރު 7913035 ފޯނަށް ގުޅުއްވުން އެދެމެވެ.