ދިވެހިރާއްޖެ
ނަންބަރު: 258/258/2026/30(IUL)
އިޢުލާން
ހަނިމާދޫ ކައުންސިލްގެ ވެހިކަލް ގަރާޖެއް އިމާރާތްކުރުން.
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ވެހިކަލް ގަރާޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު 258/258/2026/5(IUL) އިއުލާނަށް ހުށައަޅާފައިވާ އަގަކީ އެކަށީގެން ވާވަރަށްވުރެއް ބޮޑު އަގެއްކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް މި އިޢުލާން އަލުން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން ކުރެއްވުން އެދެމެވެ.
ލިންކް: (IUL)258/258/2026/30 – Fill out form
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
މަޢުލޫމާތު ސާފުކުރުމަށް |
13 މެއި 2026 އިން 21 މޭ 2026 ގެ ނިޔަލަށް |
21 މޭ 2026 (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:30 ގެ ކުރިން / އޮންލައިންކޮށް |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
04 ޖޫން 2026 |
ހެނދުނު 11:30 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި |
- ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޛޫލްޤައިދަ 1447
13 މެއި 2026