ދިވެހިރާއްޖެ
|
ގއ.އަތޮޅު ތައުލީމީ މަރުކަޒު ގއ.ވިލިނގިލި މި މަރުކަޒުގައި ބޭނުންކޮށް ބައުވެފައިވާ ތަކެތި 07 މެއި 2026 ވީ ބުރާސްފަތި ދުވަހުގައި ބޭއްވުނު ނީލަމުގައި ނީލަމުގައި ނުގަނެ ހުރި މުދާ ތައް ނީލަން ކިޔުން 16 މެއި 2026 ވާ ހޮނިހިރު ދުވަހު ހަވީރު 4:00 އޮންނާނެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންމޫފުޅުވާ ފަރާތްތަކުން 16 މެއި 2026 ވާ ހޮނިހިރު ދުވަހު ހަވީރު 4:00 އަށް މި މަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެ، ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދެއްކެވުމަށްފަހު، ނީލަން ނިމޭތާ 24 ގަޑިއިރުތެރޭ ތަކެތި ގެންގޮސްނިންމަންވާނެއެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ގއ.އަތޮޅު ތަޢުލީމީ މަރުކަޒު / ގއ.ވިލިނގިލީ ފޯން:6820029 އީމެއިލް:[email protected] ބަޑޭރި ޕޭ ލިންކް :https:/bandeyripay.finance.gov.mv މިހެންވެ، މިކަން ޢާންމުކޮށް އިޢުލާނު ކުރީމެވެ. 13 މެއި 2026 |