ދިވެހިރާއްޖެ
ވޭމަންޑޫ ކައުންސިލް އިދާރާއަށް ބޭނުންވާ ބައެއް އިކްއިޕްމަންޓްސް ފޯރުކޮށް ދިނުމާއި ގުޅޭ.
މިކައުންސިލްގެ ނަންބަރު(IUL)392-ADM/392/2026/17 16 އެޕްރީލް 2026 އިޢުލާނާއި ގުޅިގެން، ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އަގު މަތިކޮށް ހުށަހަޅާފައިވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވޭމަންޑޫ ކައުންސިލުގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތައް 4 ކޮމްޕިއުޓަރ ސިސްޓަމް، 1 ޑޮކިއުމަންޓް ސްކޭނަރ އަދި 1 ޕްރިންޓަރ ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަދި [email protected] އަށް ސީ.ސީ ކުރަންވާނެއެވެ.
|
ބީލަންވެރިން ރަޖިސްޓްރީ ކުރުން: |
13 މޭ 2026 އިން 21 މޭ 2026 ވަނަ ދުވަހުގެ 10:00 އަށް، |
|
ބީލަން ހުށަހެޅުމާއި، ހުޅުވުން: |
01 ޖޫން 2026 ވަނަދުވަހުގެ 10:00 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. |
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ތަކެތި ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 13 މޭ 2026 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.