މަސައްކަތް
ނަންބަރު: (IUL)342/2026/39
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2026
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 21 މޭ 2026 13:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ހިންގައިދޭނެ ފަރާތެއް ހޯދުން:

އިޢުލާން

1447 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ހިންގައިދޭނެ ފަރާތެއް ހޯދުން:

                  1447 ވަނަ އަހަރުގެ އަޟްޙާ ޢީދު މިކައުންސިލުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. 

                  ވީމާ، މިޙަރަކާތް ހިންގައިދިނުމަށް ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، 2026 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މި ކައުންސިލަށް އިޢުލަނާއެކު އެއްކަރުދާސް ކުރެވިފައިވާ އުޞޫލާ އެއްގޮތަށް އެ އުޞޫލްގައިވާ ފޯމުން ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ. މި ޙަރަކާތް ހިންގުމަށް ކުރިމަތިލާންޖެހޭ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާ އަދި މަޢުލޫމާތުތަކާއި އިރުޝާދުތައް އުޞޫލުގައި ހިމެނިފައިވާނެއެވެ.

                 މި އިޢުލާނާއި ގުޅިގެން އެއްވެސް އެއްވެސް ސުވާލެއް އޮތްނަމަ، މި ކައުންސިލްގެ މެއިލް [email protected]  އަށް 2026 މޭ 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފޮނުވުމުން 2026 މޭ 19 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                                    25 ޛުލްޤައިދާ 1447

                  13   މޭ   2026

13 މޭ 2026