ވަޒީފާގެ ފުރުޞަތު
ނަންބަރު: 878/2026/HR/IUL/01
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2026
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 19 މޭ 2026 13:00
އައްޑުއަތޮޅު ފޭދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ހެލްތް ކެއަރ އެޓެންޑެންޓް

ވަޒީފާގެ ފުރުޞަތު – ހެލްތް ކެއަރ އެޓެންޑެންޓް

މަޤާމު:

ހެލްތް ކެއަރ އެޓެންޑެންޓް ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-452915

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް:

ޕަބްލިކް ސަރވިސް ރޭންކު 1 – ސްޓެޕް 1

ސްކިލް ލެވެލް:

ސްކިލް ލެވެލް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސ. ފޭދޫ ޞިއްޙީމަރުކަޒު

މަޤާމުގެ އަސާސީ މުސާރަ:

8255.00 ރުފިޔާ

މަޤާމު އެލަވަންސް:

2475.00 ރުފިޔާ

ހާޒިރީ އިނާޔަތް:

65.00 ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

އެހެނިހެން އިނާޔަތް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޞިއްޙީމަރުކަޒުގެ އިމާރާތް ސާފުކޮށް ބެލެހެއްޓުމާއި، ޞިއްޙީމަރުކަޒުގެ ފާޚާނާތައް ދޮވެ ސާފުކުރުމާއި، ސާފުކުރުމަށް ބޭނުންވާ ތަކެތި  ހޯދުމާއި އަދި ޞިއްޙީމަރުކަޒުގެ ވޭސްޓް ރައްކާތެރިކޮށް ނައްތާލުމުގެ މަސައްކަތްކުރުން.
  • އިމަރޖެންސީ ރޫމަށް ގެނެވޭ ހާލުދެރަ ބަލިމީހުން، ގެނައުމުގައި އެހީތެރިވުމާއި، އަދި އެފަދަ ބަލިމީހުންނަށް ފަރުވާދިނުމުގައި، ލޭ، ހޮޑު ނުވަތަ ހަށިގަނޑުގެ އެހެން ދިޔައެއް ފައިބާ ތަން ހަޑިވެއްޖެނަމަ، އެތަން ހޮސްޕިޓަލްގެ އިންފެކްޝަން ކޮންޓްރޯލް ގައިޑްލައިނާއި އެއްގޮތަށް އެއްގޮތަށް ސާފުކުރުން.
  • ޞިއްޙީ މަރުކަޒަށް ގެންނަ އިމަޖަންސީ ކޭސްތަކަށް ޕޭޝަންޓް ޓުރޯލީ ތައްޔާރުކޮށް ބެހެއްޓުމާއި އެކު ބަލިމީހަކު ގެނައުމާއި އެކު އަވަހަށް އިމަޖަންސީރޫމަށް ވެއްދޭގޮތަށް އިންތިޒާމްކުރުން، އަދި އެފަދަހާލަތްތަކަށް ތައްޔާރުވެތިބުން.
  • ޞިއްޙީމަރުކަޒުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންނަށް ބޭނުންވާ ބާލީސް، އެނދުފޮތި، ބެޑްޝީޓް، ރަބަރުފޮތި، ގޮނޑި، ބެޑްސައިޑް ލޮކަރފަދަ އެންމެހައި ތަކެތި ފޯރުކޮށްދިނުން.
  • ވޯޑުތަކުގައި ބަލިމީހުންތިބޭ އެނދުތަކުގައި ބެޑްޝީޓް، ބާލީސްއުރަ ކޮންމެ ދުވަހަކު އެއް ފަހަރު ބަދަލުކުރުން. މީގެ އިތުރުން ބަލިމީހާގެ ހާލަތު ހުރިގޮތުން އިތުރަށް ބަދަލުކޮށްދޭން ޖެހިއްޖެނަމަ ލަސްނުކޮށް ބަދަލުކޮށްދިނުން، ބެޑްޝީޓް ބަދަލު ކުރާއިރު ބަލިމީހާއަށް އުދަގޫނުވާގޮތަށް ބަދަލުކުރުން، ހާލުދެރަ ބަލިމީހުންގެ އެނދުފޮތި ބަދަލު ކުރާއިރު ނަރުހުންގެލަފާގެ މަތިން ކަންތައްތައް ކުރުން. އަދި ބަލިމީހުން ޑިސްޗާރޖުކުރުމުން ލަސްނުކޮށް ބެޑްޝީޓާއި ބާލީހުއުރަ ބަދަލުކޮށް، ބެޑް ސައިޑްލޮކަރ އާއި ތަން ސާފުކޮށް ޑިސްއިންފެކްޓްކުރުން.
  • ވޯޑުތަކުގައި އެޑުމިޓް ކޮށްފައިތިބޭ ބަލިމީހުންގެ ޔޫރިންބޭގްތައް ނަރުހުންގެ ލަފައާއިއެކު ހުސްކޮށް، ވޯޑުތަކުގައި ބޭނުންކުރާ ބެޑުޕޭން ޔޫރިނަރ، ކިޑްނީ ޓްރޭފަދަ ތަކެތި ކޮންމެދުވަހަކުވެސް ކަނޑައެޅިފައިވާގޮތަށް ދޮވެސާފުކޮށް ޑިސްއިންފެކްޓްކޮށް ބެލެހެއްޓުން.
  • ކޮންސަލްޓިންގ ރޫމް، އިމަރޖެންސީ ރޫމް އަދި ޕަބްލިކް ހެލްތް ފަދަ އެންމެހައި ތަންތާގައި ބަލިމީހުން ފަރުވާދޭން ބޭނުންކުރާ އެނދުތަކުގެ ބެޑްޝީޓް، ބާލީސް އުރަ އެތަންތާގެ އިންޗާޖުންގެ އިރުޝާދުގެ ދަށުން ބަދަލުކުރުން.
  • ނަރުހުންގެ ލަފައާއިއެކު ހުސްވެފައިވާ އޮކްސިޖަން ސިލިންޑަރތައް ވޯޑުތަކުންނާއި އައިސީޔޫފަދަ ތަންތަނުން ބޭރުކޮށް ފިލް ސިލިންޑަރުތައް އެތަންތާގައި ބެހެއްޓުން، ސިލިންޑަރުތައް އުފުލުމާއި ބެހެއްޓުމުގައި ކަނޑައެޅިފައިވާ ޤަވައިދަށް އަމަލުކުރުން.
  • ވޯޑުތަކުން، ކޮންސަލްޓިންގ ރޫމް، އިމަރޖެންސީ ރޫމް އަދި ޕަބްލިކް ހެލްތް އިން ބަދަލުކުރެވޭ ބެޑް ޝީޓާއި ބާލީސް އުރަ ލޯންޑްރީއަށް ގެންދިއުމާއި އަދި އެތަކެތި ޤަވާޢިދުން ދޮވެ ސާފުކުރުން އަދި ދޮވެ ސާފުކުރުމަށްފަހު އަނބުރާ ވޯޑަށް ގެނެސް ހަވާލުކުރުން.
  • ޞިއްޙީމަރުކަޒުގައި ބޭނުންކުރާ އިންސްޓުރުމަންޓްސްފަދަ ހުރިހާ ތަކެތި އޮޓޯކްލޭވް ކުރުމަށް ކަނޑައެޅިފައިވާ އުސޫލަކުން އޮޓޯކްލޭވްކުރުން.
  • ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ނަރުހުންގެ ލަފާގެމަތިން ވޯޑުތަކާއި، އިމަރޖެންސީ ރޫމް، ކޮންސަލްޓިންގ ރޫމް، ލެބޯރޓްރީ، ބަލިމީހުން ބޭނުންކުރާ ފާޚާނާ ފަދަ ތަންތަން ދޮވެ ސާފުކޮށް، މޮޕްޖަހައި ޑިސްއިންފެކްޓްކޮށް ސާފުތާހިރުކަންމަތީ ބެލެހެއްޓުން.
  • މަރުކަޒުގައި ބޭނުންކުރާ ނުރައްކާތެރި ކުނި، ކުނި ނައްތާލުމަށް ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ނައްތާލުން.
  • ވޯޑްތަކުގައި ތިބޭ ބަލިމީހުންނަށް އަބަދުވެސް އެހީތެރިކަން ބޭނުންވާނެކަން ދަނެގެން، ޑިއުޓީގައި ތިބޭއިރު ނަރުހުންނާއި ބަލިމީހުނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ތައްޔާރުވެ ފެންނަ ހިސާބުގައި ތިބުން. ބަލިމީހުން ކަމާމެދު ނުރުހިގެން ވާހަކަދެއްކިޔަސް އެއިން މީހަކަށް ނުރުހުންތެރިކަމާއެކު ވާހަކަ ނުދެއްކުން، އަބަދުވެސް އެމީހުންގެ ހިތްހަމަޖައްސައިދެވޭތޯ މަސައްކަތްކުރުން. ބަލިމީހުންގެ ފަރާތުން ފެންނަ ކަންތައްތަކުގެ ވާހަކަ ދައްކާހެދުމަކީ މަނާކަމެއްކަން ދަނެ އެއްވެސް ފަރާތަކާއެކު އެފަދަ ވާހަކަނުދެއްކުން.
  • ޞިއްޙީމަރުކަޒަށް އަންނަ ބަލިމީހުންނަށް އެހީތެރިކަމާއި އެއްބާރުލުންދީ ބޭނުންވާކަންތައްތައް އިޙްތިރާމާއި އޯގާތެރިކަމާއެކު ކޮށްދީ ރީތިބަހުން މުޢާމަލާތުކުރުން.
  • ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގައި ދިމާވާ ކަންތައްތަކުގައި އެހީތެރިވެ އެއްބާރުލުންދީ މަސައްކަތްކުރުން އަދި މުވައްޒަފުންގެ މެދުގައި ހަމަހަމަ ކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  • ޞިއްޙީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.
  • އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  

https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަތުރު ހަމަވުމުން

50

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 19 މޭ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ސ. ފޭދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އޮންނާނީ، 1 ޖޫން 2026 އާއި 14  ޖޫން 2026 އާއި  ދެމެދު   ސ. ފޭދޫ ޞިއްޙީމަރުކަޒު އެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕައިންޓް ލިބުނުގޮތުގެ (A2) ޝީޓް އާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާޜާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6893023 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި

ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް < "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

12 މޭ 2026