ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)404-CA/404/2026/22
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 18 މޭ 2026 12:00
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަންގި ގަނެވިއްކުމުގެ ދަފްތަރުގައި ރަޖިސްޓަރ ވުމުގެ ފުރުޞަތު

ނަންބަރު: (IUL)404-CA/404/2026/22

 

ފަންގި ގަނެވިއްކުމުގެ ދަފްތަރުގައި ރަޖިސްޓަރ ވުމުގެ ފުރުޞަތު

 

       އ.ތ.މ. ކޮމެޓީ ހިންގަމުން އަންނަ ލ.ހިތަދޫ ފަންގި ގަނެވިއްކުމުގެ ދަފްތަރުގައި ރަޖިސްޓަރ ވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ދަފްތަރުގައި ރަޖިސްޓަރ ވުމުގެ ފޯމް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. މި ދަފްތަރުގައި ރަޖިސްޓަރ ވުމައް ފަންގި ވިއްކާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ، އެކައުންޓް ވެރިފައި ކުރުމައްޓަކައި އެކައުންޓްގެ ޓުރާންސްފާ ސުލިޕް އަދި އެކައުންޓް ނެތް ފަރާތްތަކުން ފައިސާ ޖަމާކުރުމައް ބޭނުންވާ އެކައުންޓްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީ ހުށަހެޅުން އެދެމެވެ.

     ފަންގި ގަނެވިއްކުމުގެ ދަފްތަރުގައި ރަޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވާނީ 18 މޭ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

      އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ކައުންސިލްގެ ނަންބަރު 6800804 އަށް ގުޅުއްވުން އެދެމެވެ.

25 ޛުލްޤަޢިދާ 1447

  12 މޭ 2026

12 މޭ 2026