ދިވެހިރާއްޖެ
(IUL)VMC-PROC/1/2026/16 :ނަންބަރ
އިޢުލާން
މި ކޯޕަރޭޝަނުން “NAS Storage System” ހޯދުމަށް ކުރިން ކޮށްފައިވާ އިއުލާން ނަންބަރ: IUL)VMC-PROC/1/2026/14) އަށްޝައުގުވެރިކަން ފާޅު ކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށް ވާތި އެ އިޢުލާން ބާތިލް ކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ކޯޕަރޭޝަނަށް “NAS Storage System” ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 މެއި 19 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ އީމެލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށްފަހު، 2026 މެއި 24 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 މި ކޯޕަރޭޝަން ގެ އޮފީސް ހ.ޒޮނޭރިއާގެ ހަތަރުވަނަ ފަންގިފިލާ އަށް ވަޑައިގެން އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2026 މެއި 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.
ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.
- ބިޑު ހުށަހަޅާ ކުންފުނީގެ ނަން:
- ގުޅޭނެ ފަރާތެއްގެ ނަން:
- ގުޅޭނެ ފޯނު ނަންބަރ:
- އީމެއިލް އެޑްރެސް:
- އީމެއިލްގެ ސަބްޖެކްޓް: 2nd Announcement - Bid Registration To Purchase NAS Storage System for VMC
ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ.
25 ޒުލްގައިދާ 1447
12 މެއި 2026