ކުއްޔަށް ހިފުން
ނަންބަރު: FNK-I/IUL/2026/040
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2026
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 14 މޭ 2026 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މުދާ އުފުލުމަށް ކޮޅުވެއްޓިއާއިއެކު ހެވީ ވެހިކަލް ކުއްޔަށް ހިފުމާ ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2026/040

އިޢުލާން

މުދާ އުފުލުމަށް ކޮޅުވެއްޓިއާއިއެކު ހެވީ ވެހިކަލް ކުއްޔަށް ހިފުމާ ގުޅޭ:

މި ކުންފުނިންދޭ މަޢުލޫމާތު ކަރުދާސްތަކުގައިވާ މަޢުލޫމާތާއި އެއްގޮތަށް ކޮޅުވެއްޓިއާއިއެކު ހެވީ ވެހިކަލް ކުއްޔައް ހިފުމައް ކުރެވުނު ނަންބަރ: FNK-I/IUL/2026/036  އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީވެ، މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

12 އިން 14 މެއި 2026

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

13 މެއި 2026

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

17 މެއި 2026

11:00 ހެނދުނު

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ  [email protected] އަށެވެ.

- އިޢުލާން ނަންބަރ

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރ

- އީ.މެއިލް އައިޑީ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ. 

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

12 މޭ 2026