ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384/384/2026/25
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2026
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި:
17 މޭ 2026 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
5 ވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވުން
ލޯކަލް ކައުންސިލް އިންތިޚާބުގެ 5 ވަނަ ދައުރަށް ތ މަޑިފުށިން އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބާއްވާ ޚާއްޞަ ދަރުބާރު ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- ތާރީޚު: 17 މޭ 2026 (އާދީއްތަ)
- ގަޑި : 13:00
- ތަން: މަޑިފުށި ސްކޫލް
މި ރަސްމިއްޔާތަކީ ރަށުގެ ތަރައްޤީއާއި ކުރިމަގާއި ގުޅިފައިވާ މުހިންމު ރަސްމިއްޔާތަކަށްވާތީ، މަޑިފުށީގެ ލޮބުވެތި އެންމެހާ ރައްޔިތުން މިދަރުބާރުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މިދަރުބާރުގައި ބައިވެރިވެ ވަޑައިގެންދެއްވުންއެދި ދަޢުވަތު އަރުވަމެވެ.
12 މޭ 2026