ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-189/IUL/2015/135
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 13 ޖަނަވަރީ 2016 12:00
މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

  މަޤާމު: ރިލީފް ޓީޗަރ

  ބޭނުންވާ އަދަދު: 1

  މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާމެންދޫ ސްކޫލް / ލ.މާމެންދޫ

  މަޤާމުގެ ޝަރުޠު: ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން

  މުސާރަ: ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ މަހަކު -/3565 ރ

  ސާނަވީ ތަޢުލީމްު ހާސިލުކޮށް އަދި ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވާނަމަ މަހަކު -/4000 ރުފިޔާ

  ކިޔަވައިދިނުމުގެ ދާއިރާއިން ސެޓުފިކެޓެއް ހާސިލުކޮށްފައިވާނަމަ މުސާރަ ދެވޭނީ ( ސީ.އެސް ) ރޭންކްގެ މިންގަނޑަށް ބަލައިގެންނެވެ.

  ސާރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

  އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 މަޤާމުގެ މަސްއޫލިއްޔަތު:

* ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން

* ބެލެނިވެރިންނާއި ދަރިވަރުންނާއި ޓީޗަރުން ސްކޫލާމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން

* ޤައުމީ މަންހަޖާ އެއްގޮތަށް އުނގަންނައިދިނުމުގެ އެންމެހާ ކަންތައްތައް ރާވައި ހިންގުން

* ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން

* ކުދިންގެ ކިބައިގައި ދީނީ، އަޚުލާޤީ ސިފަތައް އަށަގެންނެވުން

* ވަށާޖެހޭނެ ތަޢުލީމަކަށް މަގުފަހި ވާނޭހެން އިތުރު ޙަރަކާތްތައް ހިންގުން

* ދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން

* ކިޔަވައިދިނުމާ ގުޅޭގޮތުން ބަލަހަންޓަންޖެހޭ ރެކޯޑުތައް އެއްކޮށް، އެ ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން

* އެކި މާއްދާތަކުން ދަށްކަމަށް ފާހަގަ ކުރެވޭ ކުދިންނަށް ރިމީޑިއަލް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން

* ދަރިވަރުންގެ އަޚުލާޤީ ކަންތައްތައް ރަނގަޅު ކުރުމަށް ތަފާތު ޙަރަކާތްތައް ރާވައި ހިންގުމާއި، ދަރިވަރުންގެ އަޚުލާޤީ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ކަންތައްތައް ފިޔަވަޅު އަޅައި ރެކޯޑު ބެލެހެއްޓުން

* ކިޔަވައިދިނުމަށް ސްކޫލުގައި ލިބެންހުރި އެކިއެކި ވަސީލަތްތައް ދަރިވަރުންނާއި ޓީޗަރުން ބޭނުންކުރުމުގައި އޭގެ އެންމެ ފައިދާހުރި ޚަރަދުކުޑަ ގޮތްތައް ބޭނުން ކުރެއްވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 1 – ވަޒީފާއަށް ކުރިމަތިލާ ފޮނުވާ ސިޓީ

 2- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 3- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

 4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ 2 ފުށުގެ ސާފުކޮޕީ

 5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެހާއެކު )

ސުންގަޑި: ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ޖަނަވަރީ 13 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް މާމެންދޫ ސްކޫލުގެ އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު: - މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

- މިމަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ފާސްތަކާއި، ސަނަދުތަކާއި ތަޖުރިބާއާއި އިންޓަރވިއުއަށް ބެލޭނެއެވެ. އިންޓަރވިއު ކުރެވޭނެ ތާރީޚަކީ 2016 ޖަނަވަރީ 18 ވާ ހޯމަ ދުވަހުއެވެ.

- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6800549 ފޯނާއެވެ.

05 ޖަނަވަރީ 2016