ދިވެހިރާއްޖެ
އިޢުލާން
2026 ވަނައަހަރު އިންތިޚާބުކުރެވުނު ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު ބޭއްވުން
ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފެދިފައިވާ ގދ. ނަޑެއްލާ ރަށު ކައުންސިލަށް 2026 ވަނައަހަރު އިންތިޚާބުކުރެވުނު ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު 17 މޭ 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިދަރުބާރުގައި ނަޑެއްލާގެ ލޮބުވެތި އެންމެހާ ރައްޔިތުން ބައިވެރިވެ ދެއްވުމަށް ދަޢުވަތު އަރުވަމެވެ. އަދި މިފަދަ މުހިންމު ރަސްމިއްޔާތުތަކުގައި ވީހާގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ވަރަށްބޮޑު އެދުމެކެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.