ބީލަން
ނަންބަރު: (IUL)325-ES/325/2026/40
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 17 މޭ 2026 10:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
78 ގޯތިދޫކުރާ ސަރަހައްދުގެ ބިން ސާފުކުރުން

                      ބ.ގޮއިދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 78 ގޯތި ހިމެނޭ ސަރަހައްދުގައި ހުރި ރުއްގަސް ކައުންސިލުންދޭ އިރުޝާދާއި އެއްގޮތަށް ނަގާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ކައުންސިލްގެ ނަންބަރ        (IUL)325-ES/325/2026/30 (14 އޭޕްރީލް 2026 ) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ކުޑަ އަގެއް ކަމަށް އިވެލުއޭޝަން ކޮމެޓީއަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.    

މަސައްކައްކަތާބެހޭ މަޢުލޫމާތު :

1  ނަގާ ރުއްގަސް މަސައްކަތް ނަގާ ފަރާތާ ކައުންސިލާދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް

 ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއެކު ރަށުން ބޭރުކުރެވޭނެއެވެ.

2 ކަމާބެހޭ އިދާރާތަކުންދޭ އިރުޝާދާއެއްގޮތަށް އިންދަންޖެހޭ ރުއްގަސް ކައުންސިލުން ކަނޑައަޅާ ތަންތަނުގައި އިންދުން. އަދި ބާކީ ހުރި ރުއްގަސް މުލުން ނަގާ ލަކުޑިއަށް/ވަކަރަށް ކަމުދާ ގުޅިތައް ނަގައިގެން ސައިޓުން ގެންދިއުން. އަދި  ބާކީ ތަކެތި ކައުންސިލުން ކަނޑަ އަޅާ ސަރަހައްދަކަށް އުކާލުން.

3 މަސައްކަތް ނަގާފަރާތުން ސީއެސްއާރުގެ ގޮތުގައި ހައިމާރކް ފަދަ ބޮޑެތި ވެހިކަލް ބޭނުންކޮށްގެން ކައުންސިލަށް އެހީތެރިކަން ބޭނުންވާ ކަންކަން ކޮށްދިނުން.

4 މިމަސައްކަތާގުޅިގެން ކައުންސިލަށްދައްކަންޖެހޭ ފައިސާ، މަސައްކަތް ނިންމާ ވެހިކަލްތައް ރަށުން ބޭލުމުގެ ކުރިން ދައްކާ ނިންމުން.

5 މަސައްކަތް ފެށުމައްފަހު މަސައްކަތަށް ގެންނަ ވެހިކަލްތައް ރަށުން ބޭލުމުގެ ކުރިން ސީއެސްއާރުގެ މަސައްކަތް ނިންމުން .

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މެއި 2026 ވާ އާދިއްތަ ދުވަހު 10.00 ގެ ކުރިން https://forms.gle/t6KAPAzgt2ctdwLY9 މި ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސައިޓް-ސީއިން ސެޝަންއެއް 19 މެއި 2026 ވާ އަންގާރަ ދުވަހުގެ 10:00 ގައި އޮންނާނެއެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.  

  • އެސްޓިމޭޓް ހުށަހަޅާ ސިޓީގައި މަދުވެގެން ތިރީގައިމިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

      ހ . އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު : ނަން ، އައިޑީކާޑު ނަމްބަރ ، ފޯން ނަމްބަރ.

      ށ .  އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީއާއި ގުޅޭ މަޢުލޫމާތު .

      ނ .  މިތަނުން ލިބޭ ރުއްގަހަށް ކައުންސިލަށް ދިނުމަށް ކަނޑައަޅާ އަގު (ރުކަކަށް/ ގަހަކަށް)

      ރ .  މަސައްކަތް ނިންމުމަށް ދޭ މުއްދަތު .

       ބ . އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ ސޮއި

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 24 މެއި 2026 ވާ އާދިއްތަ ދުވަހުގެ 13.00 އެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" 78 ގޯތިދޫކުރާ ސަރަހައްދުގެ ބިން ސާފުކުރުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މިދެންނެވި ވިޔަފާރިތަކުގެ ވެރިފަރާތްތަކަށް ސައިޓް-ސީއިން ސެޝަންއަށް ހާޟިރުނުވެވޭނަމަ، ރަސްމީ ލިޔުމަކުން ބަދަލުގައި އެހެންފަރާތެއް ހަމަޖެއްސިދާނެއެވެ. މި ލިޔުމާއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.  

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

90%

v     އަގަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ބޮޑު އަގަށެވެ.

Benchmark price/Submitted price x Allocated percentage

މުއްދަތު

10%

v     މުއްދަތަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/Submitted price x Allocated percentage

 

2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

v    ރަޖިސްޓްރީނުކުރައްވާ ފަރާތްތައް

v    ސައިޓް-ސީއިން ސެޝަންއަށް ހާޒިރުނުވާ ފަރާތްތައް

v    މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް

v    އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

  2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަމިއްލަ ފަރުދެއްނަމަ އެ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީއާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :         6600005

          އީ . މެއިލް :     [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 މޭ 2026