ދިވެހިރާއްޖެ
އިޢުލާން
ވެންޑަރ ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލުން
(ސްޕީޑް ލާންޗްގެ ޚިދުމަތްދޭ ފަރާތްތަކަށް)
ތިނަދޫ ސިޓީ ކައުންސިލުން ބޭނުންވާ ސްޕީޑް ލާންޗްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ވިޔަފާރިތަކުން، މި ކައުންސިލްގެ ގަބޫލުކުރެވޭ ވެންޑަރުންގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތައް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
- ވިޔަފާރި ނުވަތަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ (ހުއްދަނަގައިފައިވާ އެކްޓިވިޓީއާއި އެކު – މުއްދަތު ހަމަނުވާ)
- ރަޖިސްޓްރީ ކުރުމަށް ބޭނުންވ އުޅަދުގެ ރަޖިސްޓްރީ ކޮޕީ (ސަލާމަތީ ސެޓްފިޓްއާއި އެކު)
- އުޅަނދުގެ ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
މީގެ އިތުރުން ރަޖިސްޓްރީ ކުރުމަށް މެއިލް ކުރައްވާއިރު ސަބްޖެކްޓްގައި "VENDOR REGISTRATION" މިގޮތަށް ލިޔުއްވުން އެދެމެވެ. އަދި މެއިލްގައި ވެރިފަރާތާއި ގުޅޭނެ ނަންބަރ އަދި ބެންކް އެކައުންޓް ތަފްސީލް ހިމަނައިދެއްވުން އެދެމެވެ. މި ދަފްތަރުގައި ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ލާންޗްގެ ޚިދުމަތް ދިނުމުގެ ރަސްމީ ހުއްދަ އޮތް، އަދި ސައްހަ ވިޔަފާރި ރަޖިސްޓްރީއެއް އޮތް ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މި ކައުންސިލްގެ ނަންބަރު 6841052 އާ ގުޅުއްވުން އެދެމެވެ.
11 މެއި 2026