ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/23
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:41
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންތިޚާބީ ކައުންސިލަރުން ހުވާކުރުމާއި އިންތިޚާބީ އ.ތ.މ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ދަރުބާރު – 2026
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ 05 ވަނަ ދައުރަށް އިންތިޚާބު ކުރެއްވި ކައުންސިލަރުން ހުވާކުރުމާއި، ވޭމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 05 ވަނަދައުރަށް އިންތިޚާބު ކުރެއްވި މެންބަރުން މަޤާމުގެ އިޤުރާރުގައި ސޮއިކުރުމުގެ ދަރުބާރު، 17 މޭ 2026 ވާ އާދީއްތަ ދުވަހުގެ 08:45 ގައި އަޙްމަދު ޙުސައިންދީދީ ތަމްރީން މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ދަރުބާރުގައި ބައިވެރިވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 މޭ 2026