ދިވެހިރާއްޖެ
އިޢުލާން
1447 ވަނަ އަހަރު އަޟްޙާ ޢީދު ފާހަގަކުރުމަށް އެކުލަވާލެވޭ ކޮމިޓީގައި ބައިވެރި ވުމާއި ގުޅޭ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ރަށުފެންވަރުގައި ފާހަގަކުރުމަށް މިކައުންސިލްގެ ފަރާތުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޙަރަކާތްތައް ރާވާހިންގުމުގައި"ޢީދުކޮމިޓީ" ނަމުގައި ކޮމިޓީއެއް އެކުލަވާލަށް ބޭނުންވެއެވެ. މި ކޮމިޓީގައި ތުނޑި،އާބާދު ސަރަޙައްދު،މަތިމަރަދޫ،މުކުރިމަގުން 4 މީހުން މެންބަރުންގެ ގޮތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާނުކުރީމެވެ. މި އިޢުލާނާއެކު ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފޯމް، ޢާންމުކުރެވިފައިވާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ނަމަ، 7681515 އަށް ގުޅުއްވުންއެދެމެވެ.