ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)10-F/10/2026/43
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2026
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 19 މޭ 2026 10:15
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ދަށުން ހއ.ހޯރަފުށީގައި ހުންނަ ވަގުތީ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ކެމެރާ އަދި ޑޯރ އެކްސެސް ކޮންޓްރޯލް ފޯރުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

          މި މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ދަށުން ހއ.ހޯރަފުށީގައި ހުންނަ ވަގުތީ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ކެމެރާ އަދި ޑޯރ އެކްސެސް ކޮންޓްރޯލް ފޯރުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް   [email protected]އަށް 2026 މެއި 14 ވަނަ ދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަދި 19 މެއި 2026 ވަނަ ދުވަހުގެ 10:15 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

11 މޭ 2026