ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-A/381/2026/25
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 21:54
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވުން

މި އިޢުލާންވަނީ 10 މޭ 2026 22:05 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

 

5 ވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވުން

        ލޯކަލް ކައުންސިލް އިންތިޚާބުގެ 5 ވަނަ ދައުރަށް ދ.ކުޑަހުވަދޫއިން އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބާއްވާ ޚާއްޞަ ދަރުބާރު ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތާރީޚު: 17 މޭ 2026 (އާދީއްތަ ދުވަސް)

ގަޑި  : ހެނދުނު 10:00 ގައި

ތަން:   ފަންނުއެކުވެނި (މަލްޓިޕާޕަސް ހޯލް)

     މި ރަސްމިއްޔާތަކީ ރަށުގެ ތަރައްޤީއާއި ކުރިމަގާ ގުޅިފައިވާ މުހިންމު ރަސްމިއްޔާތަކަށް ވާތީ، ކުޑަހުވަދޫގެ ލޮބުވެތި އެންމެހާ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

23 ޛުލްޤައިދާ 1447

10 މޭ 2026                  

10 މޭ 2026