ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)268/2026/11
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 21:29
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
05 ވަނަ ދައުރުގެ އިންތިޚާބީ ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ދަރުބާރާ ގުޅޭ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ ދަށުން ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބާއްވާ ޙާއްޞަ ދަރުބާރު ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތާރީޚު: 17 މޭ 2026 (އާދީއްތަ ދުވަސް)
ގަޑި: ހެނދުނު 11:00 ގައި
ތަން: ނޭކުރެންދޫ ކައުންސިލްގެ އިދާރާގެ ހޯލް
މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ނޭކުރެންދޫގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ވީމާ ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
10 މޭ 2026