ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2026/35
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި:
17 މޭ 2026 12:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ރަސްމިއްޔާތު 2026
އިޢުލާނު
ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ރަސްމިއްޔާތު 2026
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ ދަށުން އުފެއްދިފައިވާ ރަށު/ ސިޓީ ކައުންސިލްތަކަށް އިންތިހާބުކުރެވޭ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ރަސްމިއްޔާތު، 17 މޭ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:45 ގައި އިހަވަންދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބައްދަލުވުމުގައި އިހަވަންދޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުމަކީ މިކައުންސިލްގެ ނުހަނު ބޮޑު އެދުމެކެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 މޭ 2026