ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2026/69
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 17 މޭ 2026 10:30
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރު ވުމުގެ ދަރުބާރުގެ ދަޢުވަތު

އިޢުލާން

ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރު ވުމުގެ ދަރުބާރުގެ ދަޢުވަތު 

         މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ 5 ވަނަ ދަވްރަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާ ކުރެއްވުމާއި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރު ވުމުގެ ޚާއްޞަ ދަރުބާރު 17 މެއި 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި ހިންމަފުށީ ސްކޫލް މަލްޓި ޕާރޕަސް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

         ވީމާ، މިދަރުބާރުގައި ހިންމަފުށީގެ ލޮބުވެތި އެންމެހާ ރައްޔިތުން ބައިވެރިވެ ދެއްވުމަށް ދަޢުވަތު އަރުވަމެވެ. އަދި މިފަދަ މުހިއްމު ރަސްމިއްޔާތުގައި ވީހާގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ވަރަށްބޮޑު އެދުމެކެވެ.

          މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 މޭ 2026