ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2026/47
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:54
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ވަނަ ދައުރުގެ ކައުންސިލް މެމްބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުވުމުގެ ދަރުބާރަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވުން

                 ލޯކަލް ކައުންސިލް އިންތިޚާބުގެ 5 ވަނަ ދައުރަށް ރ. މާކުރަތު ން އިންތިޚާބުވެފައިވާ ކައުންސިލް މެމްބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުވުމަށް ބާއްވާ ޚާއްޞަ ދަރުބާރު ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތާރީޚު: 17 މޭ 2026 (އާދީއްތަ ދުވަސް)
ގަޑި  : ހެނދުނު 09:00 ގައި
ތަން:   މާކުރަތު އިޖްތިމާއީ މަރުކަޒު

                 މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ރ.މާކުރަތުގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

                 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 މޭ 2026