ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2026/48
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:53
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެތި ނެގުމާ ގުޅޭ:

ރ. މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދުގައި މިކައުންސިލްގެ ހުއްދައަކާނުލާ ތަފާތު މުދަލާއި އެހެނިހެން ތަކެތި ބަހައްޓާ ނުނަގާ ހުންނަތާ ގިނަދުވަސްވެފައި ހުންނަކަން ވަނީ ފާހަގަވެފައެވެ. އަދި މިފަދަ ތަކެތި ހުރުމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫވަމުންދާ ވާހަކަ ދެންނެވީމެވެ.  

މިހެންކަމުން މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ( 16 މެއި 2026 ގެ ނިޔަލަށް ) ބަނދަރުގައި ހުރި ތަކެތި ނަގާ ސާފުކުރުމަށް އެންގީމެވެ. މިމުއްދަތު ހަމަވާއިރު ނުނަގާ ހުރި ތަކެތި މިކައުންސިލުގެ ފަރާތުން ނަގާ ނައްތާލުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިގޮތަށް ތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާއެއް މިކައުންސިލުން ނުނަގާނެ ވާހަކަ ދެންނެވީމެވެ. އަދި ކައުންސިލްގެ ހުއްދައަކާ ނުލާ ތަކެތި ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ.

10 މޭ 2026