ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280-AHR/INDIV/2026/19
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:44
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026ވަނަ އަހަރު އިންތިހާބްވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން އިޤްރާރުވުމުގެ ދަރުބާރު

04 އޭޕްރީލް 2026ވަނަ ދުވަހު އިންތިހާބްވި ކައުންސިލަރުން ހުވާ ކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން އިޤްރާރުވުމުގެ ދަރުބާރު 17 މެއި 2026ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00ގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޅައިމަގު ސްކޫލް ހޯލްގައެވެ.

ވީމާ، މިރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަށް 17 މެއި 2026ވާ އާދިއްތަ ދުވަހުގެ މެންދުރު 13:45ށް ޅައިމަގު ސްކޫލަށް (ބަނޑަހަމަގު) ވަޑައިގެންދެއްވުން އެދި ރަށުގެ އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

10 މޭ 2026