ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހާއި އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި އާއިލީ ހަވީރެއް 2026 މޭ 15 ވާ ހުކުރު ދުވަހު 16:15 ގައި ވަޑީންދިހަރޭ މައިޒާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށްދާ ވަގުތު އެސަރަޙައްދުގައި ކާބޯތަކެތީގެ 02 ގާޑިޔާ ބެހެއްޓުމަށް ބޭނުންވެއެވެ.
ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ރަޖިސްޓްރޭޝަން ފީ ދައްކަވާ ނަންނޯޓް ކުރައްވައި ފަރާތަކަށެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކޮންމެ ގާޑީޔާއަކަށް 200ރ (ދުއިސައްތަ ރުފިޔާ) ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 މޭ 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓް ކުރައްވާ ރަޖިސްޓްރޭޝަން ފީ ދެއްކެވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯއްދެވުމަށް، ސީނިއަރ ކައުންސިލް އޮފިސަރ އާމިނަތު ގިސާމަތު އާ 7882295 އަށް ގުޅުއްވުން އެދެމެވެ.