ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)469-CA/469/2026/25
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 18 މޭ 2026 13:00
ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މެނޭޖަރ (ޕްލޭނިންގ، މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ)

މަޤާމް :މެނޭޖަރ (ޕްލޭނިންގ، މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ)
ބޭނުންވާ އަދަދު :1

 

މަގާމު:                  

ބޭނުންވާ ޢަދަދު:

މަގާމުގެ ބާވަތް:

މަގާމުގެ ރޭންކް: 

ސެކްޝަން / ޔުނިޓް:

އޮފީސް:

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

ސަރވިސް އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް

އިތުރު އިނާޔަތްތައް:

މެނޭޖަރ (ޕްލޭނިންގ، މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ)

1 (އެކެއް)

ދާއިމީ

DMT4-1

ޕޮލިސީ އެންޑް ޕްލޭނިނގް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މަހަކު 10035.00 ރުފިޔާ

މަހަކު 4014.00 ރުފިޔާ

މަހަކު 4515.75 ރުފިޔާ

1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  1. ރާއްޖެއަށް ކުރިމަތިވާ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް އެހީފޯރުކޮށް ދިނުމަށް ސަރުކާރުން ކަޑައަޅާ އުޞޫލާ އެއްގޮތްވާގޮތުގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމާއި. މިއޮތޯރިޓީގެ އޮންކޯލް ޑިއުޓީ ފޯނު ޙަވާލުކުރާ ހަފްތާގައި ފޯނުލޮގް ބަލަހައްޓައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.  
  2. ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖެއަށް ދިމާވާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާ ގުޅޭގޮތުން، ގަވާއިދުތަކާއި އުސޫލުތަކާއި ޕްލޭންތައް ހަދައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، އެހެން ގައުމުތަކުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮފީސްތަކާއި އ.ދ. ގެ ޖަމިއްޔާތަކާއި އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކާ އެކު ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  4. ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ގާނޫނުން މި އޮތޯރިޓީއާއި އަދި އެހެނިހެން މިނިސްޓްރީ އިދާރާތަކުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް ތަންފީޒުކުރަމުންދާކަން ކަށަވަރު ކުރުން.
  5. ކާރިސީ ހިރާސް ކުޑަކުރުމަށް އެކުލަވާލާފައިވާ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިސްތިރާޖީތަކުގައި އެއްބަސްވެފައިވާ ކަންތައްތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ކާރިސާއާއި ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި ހެދިފައިވާ އެކިއެކި އުޞޫލުތަކާއި ޤަވާއިދުތަކާއި ގުޅޭ ކަންކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އަދި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަނަލް ޕްލޭން އެކުލަވާލުމާއި، މުރާޖާ ކުރުމާއި ތަންފީޒު ކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. އެން.ޑީ.އެމް.އޭގެ ފަރާތުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނާއި ކާރިސާތަކާއި ގުޅޭ އެހެނިހެން އުޞޫލުތަކާއި އެއްގޮތަށް ދަޢުލަތުގެ އެކިއެކި މުއައްސަސާތަކާއި އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާ މިންވަރުން ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. މިއޮތޯރިޓީގެ ފަރާތުން ރާވާ ހިންގާ ޕްރޮގްރާމްތަކާއި ޓްރޭނިންތަކާއި އަތޮޅުތެރޭގައި ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން އަދި ބޭރުގެ އެހީލިބިގެން ހިންގާ މަޝްރޫޢުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި މަޝްރޫޢުގެ ތެރެއިން ހިންގުމަށް ހަވާލުކުރެވޭ ހަރަކާތްތައް ހިންގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ޒިންމާދާރުކަމާއިއެކު ކުރުން.
  10. ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓެންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތައް ރާވާ ހިންގުމަށް ބޭނުންވާނޭ އެހީތެރިކަން ދިނުން.
  11. ކާރިސީ ހިރާސް ގުޅޭގޮތުން ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން.
  12. ރާއްޖެއާއި ރާއްޖޭން ބޭރުގައި އޮންނަ ޑިޒާސްޓަރ މެނޭޖްމަންޓާ ގުޅޭ ފޯރަމްތަކާއި، ވޯކްޝޮޕް ސެމިނަރ ތަކުގައި ބައިވެރިވެ ލިބޭ ފުރުޞަތުތަކުގައި ދާއިރާ ތަމްސީލު ކުރުން، އަދި މީގެ އިތުރުން މިއޮތޯރިޓީގެ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

މަގާމުގެ ޝަރުތުތައް:

 

  1. މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން (ޑިޒާސްޓަރ މެނޭޖްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝަލް ޕޮލިސީ، ހިއުމަން ސެކިއުރިޓީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސަސް (ސައިކޮލޮޖީ، ސޯސިއޮލޮޖީ، ކައުންސެލިންގ) އަދި މީގެ އިތުރުންވެސް މިއާ ގުޅުންހުރި އެކަޑެމިކް ދާއިރާތައް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  2. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޑިޒާސްޓަރ މެނޭޖްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝަލް ޕޮލިސީ، ހިއުމަން  ސެކިއުރިޓީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސަސް (ސައިކޮލޮޖީ، ސޯސިއޮލޮޖީ، ކައުންސެލިންގ) އަދި މީގެ އިތުރުންވެސް މިއާ ގުޅުންހުރި އެކަޑެމިކް ދާއިރާތައް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބުމާއެކު، ޖުމްލަ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ   

(ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 
  2. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާއަ ލިބިފައިވާ މިންވަރު %45
  • ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:    

މަގާމުތަކަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 18 މޭ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 19 މޭ 2026 އިން 25 މޭ 2026 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425 ،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

10 މޭ 2026