ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2026/74
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 17 މޭ 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް :ސީނިއަރ ލީގަލް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

އަސާސީ މުސާރަ:

މަހަކު 13,100.00 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 6,110.00 ރުފިޔާ

ހާޒިރީ އިނާޔަތް:

165.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

1 އަހަރު

މަސައްކަތުގެ ގަޑި:

ހެނދުނު 8 އިން މެންދުރުފަހު 2 އަށް

އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް  (ޕްރޮބޭޝަން ހަމަވުމުން)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ވަކާލާތު ކުރުމުގެ ލައިސަސް ނުވަތަ ހުއްދަ ލިބިފައިވުން.

މަސައްކަތާ ގުޅުން ހުރި ދާއިރާގޮތުގައި ބަލާނެ ދާއިރާތައް:

  • ލޯ، ޝަރީޢާ، ޝަރީޢާ އެންޑް ލޯ

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ޔުނިވަރސިޓީގެ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކާއިއެކު ސޮއިކުރާ ކޮންޓްރެކްޓްތަކާއި، އެއްބަސްވުންތަކާއި، އެމް.އޯ.ޔޫތަކާއި، އަދި އެހެނިހެން ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، މުރާޖަޢާކުރުމާއި، އަދި ފައިނަލްކުރުމުގައި އެހީތެރިވެދިނުން.
  2. ގާނޫނީ ދިރާސާތައް ކުރުމާއި، ކުރު ހުލާސާތަކާއި، ޤާނޫނީ ބްރީފްތަކާއި، ޤާނޫނީ ރައުޔުތައް ތައްޔާރުކުރުން.
  3. ގާނޫނުތަކާއި، ގަވާއިދުތަކާއި، ޔުނިވަރސިޓީގެ ސިޔާސަތުތަކާ އެއްގޮތްވާކަން ކަށަވަރުކުރުމުގައި އެހީތެރިވުން.
  4. ދަޢުވާކުރުމާއި، އާބިޓްރޭޝަން އަދި އެނޫންވެސް ޤާނޫނީ އިޖުރާއަތްތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެހީތެރިވުން.
  5. ޤާނޫނީ ފައިލްތަކާއި، ޑޭޓާބޭސްތަކާއި، ރެކޯޑުތައް ބެލެހެއްޓުމާއި އަޕްޑޭޓްކުރުން.
  6. ޔުނިވަރސިޓީގެ ލީގަލް ކައުންސިލްގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން، ޤާނޫނީ ކަންކަމުގައި އިންޓަރނަލް ޑިޕާރޓްމަންޓްތަކާއި، އެކްޓަރނަލް ސްޓޭކްހޯލްޑަރުންނާއި، ރެގިއުލޭޓަރީ އޮތޯރިޓީތަކާ ގުޅިގެން މަސައްކަތްކުރުން.
  7. ޤާނޫނީ އަދި ކޮމްޕްލަޔަންސް ކަންކަމާ ގުޅޭ ލިޔުންތަކާއި، މެމޯތަކާއި، ރިޕޯޓްތައް ތައްޔާރުކުރުން.
  8. ޤާނޫނީ ބައްދަލުވުންތަކާއި، އަޑުއެހުންތަކާއި، މަޝްވަރާތަކުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ޑެޑްލައިންތަކާއި، ފައިލް ރިކުއަރމަންޓްތަކާއި، ކޭސް ޕްރޮގްރެސް މޮނިޓަރ ކުރުމުގައި އެހީތެރިވެދިނުން.
  10. ލީގަލް ޑިޕާރޓްމަންޓް ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި ހަވާލުކުރެވޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2026-74

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
10 މޭ 2026