ނީލަން
ނަންބަރު: 690-A1/2026/07
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 21 މޭ 2026 14:00
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން

މި ކޯޓުގެ ނަންބަރު  HMC-A1/2026/06 (01 މެއި 2026 ) އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން ނީލަން ކިއުމަށް ޙާޒިރުވެފައި ނުވާތީ، އަލުން ދެވަނަ ފަހަރަށް ދުވަހު ނީލަން ކިޔުން 2026 މެއި 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި ކޯޓުގައި އޮންނާނެއެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު ޝާއިއުކުރެވިފައި ވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2026 މެއި 21 ވާ ބްރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޯޓަލް  https://bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބާންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ ނަންބަރު 3350578 ފޯނަށް ގުޅުއްވުން އެދެމެވެ.

09 މޭ 2026