ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/092
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2026
ޕަބްލިޝްކުރި ގަޑި: 19:15
ސުންގަޑި: 12 މޭ 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2026/092

 

މުވައްޒަފުން ބޭނުންވެއްޖެ

 

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.      

 

މަޤާމް:

ކޯޕަރޭޓް ޑްރައިވަރ  

ޑިޕާޓްމަންޓް:

ކޯޕަރޭޓް އެފެއާރސް

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

-         ކޯޕަރޭޓް ޑްރައިވަރެއްގެ ގޮތުގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-         ސާފު ޑްރައިވިންގ ރެކޯޑަކާއެކު ސައްހަ ޑްރައިވިންގ ލައިސަންސެއް އޮތުން ( B1ކެޓަގަރީ).

-         ގަޑިއަށް ފަރުވާތެރި މީހަކަށްވުން.

ވަޒީފާގެ މަސްޢޫލިއްޔަތު:

-         ސީނިއަރ މެނޭޖްމަންޓް އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން އެކި އެކި އެޕޮއިންޓްމަންޓްތަކާއި، ބައްދަލުވުންތަކާއި، އިވެންޓްތަކަށް ގެންދިއުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ޑްރައިވިންގެ މަސައްކަތްތަކުގެ ޒިންމާ ނެގުން.

-         ކުންފުނީގެ ވެހިކަލް ސާފުތާހިރުކޮށް ބެލެހެއްޓުން.

-         ކޯޕަރޭޓް އެފެއާޒްއިން އަންގާ އެންގުންތަކާ އެއްގޮތަށް އިދާރީ މަސައްކަތްތަކާއި، އިވެންޓްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

-         އޮފީސް ބަންދުވަގުތުތަކާއި ހަފްތާ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ކޮންމެ ވަގުތެއްގައިވެސް ވަގުތުން ގުޅުމުން ހަވާލުކުރާ މަސައްކަތެއްގެ ޒިއްމާ އަދާކުރެވޭނެ މީހަކަށްވުން.

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް، އެފް.އެސް.އެމް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 12 މެއި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ).

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

06 މެއި 2026

06 މޭ 2026