ދިވެހިރާއްޖެ
އިޢުލާން
1447 ވަނައަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވާ މާފަންނު ސްޓޭޑިއަމް، ވިލިމާލެ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލެ ސިންތަޓިކް ޓްރެކާއި، ހުޅުމާލެ ފޭސް2ގެ ކްރިކެޓް ސްޓޭޑިއަމް، އިސްލާމީ މަރްކަޒާއި، މަރުކަޒުގެ ސަރަޙައްދު އަދި ކިންގް ސަލްމާން މިސްކިތާއި، އެމިސްކިތުގެ ސަރަހައްދުގައި ޢީދުނަމާދަށް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންގެ ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 މޭ 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/x1mGGbu2H1
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 މޭ 17 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 މޭ 12 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020261 3020264 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.