ދިވެހިރާއްޖެ
ފިނޭ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ގުޅިގެން ފިނޭ ރައްޔިތުންނަށް ޚާއްސަކޮށްގެން އަޟްހާ ޢީދު 1447 ފާހަގަ ކުރުމުގެ ގޮތުން ވާދެމުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ޒަމާނުއްސުރެން ދިވެހީންގެ މެދުގައި އޮންނަ ސަގާފަތް ދިރުވާ އާލާކުރުމާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމެވެ. އަދި ފިނޭ ރައްޔިތުންގެ ހިތްތަކުގައި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކުރުމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ބޭފުޅުން 14 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ހުށަހެޅުއްވުންއެދެމެވެ.
މުބާރާތުގެ ގަވާއިދު މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވައި ނުވަތަ[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ü ގޫގްލް ފޯމް ލިންކް (ވާދެމުމުގެ މުބާރާތް ) : https://forms.gle/TQtz3iPXeuopnHQi8
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.