ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-210/IUL/2026/10
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2026
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 13 މޭ 2026 13:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ޕްރައިމަރީ ޓީޗަރ (ވޭޖް)

           އުނގޫފާރު ސްކޫލް                ނަންބަރު: GS-210/IUL/2026/10

އިޢުލާނު

މަޤާމު:

 ޓީޗަރ

ސްޕެޝަލައިޒޭޝަން:

 ޕްރައިމަރީ  

މަޤާމުގެ ނަންބަރު:

 J-449206

ބޭނުންވާ އަދަދު:

 1 (އެކެއް)

މަޤާމުގެ ގިންތި:

 ވަގުތީ  (ވޭޖް އެމްޕްލޮއިމަންޓް އުސޫލުން)

މުއްދަތު:

 ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން، މެޓަރނިޓީ ލީވްގައި ހުރި މުވައްޒަފު ޗުއްޓީ ނިންމާ ސްކޫލަށް ހާޒިރުވާ ދުވަހުގެ ނިޔަލަށް.

މަޤާމުގެ ރޭންކު:

 ޓީޗަރ، ރޭންކް 1

ޕަބްލިކް ސަރވިސް ރޭންކް:

 ޕަބްލިކް ސަރވިސް ރޭންކު 5

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 އުނގޫފާރު ސްކޫލް / ރ. އުނގޫފާޜު

މުސާރަ:

 9214.00 ރުފިޔާ

މަޤާމު އެލަވަންސް:

 މަހަކު 2764.00

ހާޒިރީ އިނާޔަތް:

 ހާޒިރުވާ ދުވަހަކަށް 75.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

    • ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގައާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
    • ޤައުމީ މަންހަޖުގައި ދަރިވަރުންނަށް ބޭނުންވާކަމަށް ކަނޑައަޅާފައިވާ "ކީ ކޮމްޕިޓެންސީޒް" ތައް ޙާޞިލު ވާނޭގޮތަށް ކިޔަވައިދިނުމުގައި ބޭނުންކުރާ ލެސަން ޕްލޭންތަކާއި ކްލާސްރޫމްގެ މާހައުލު އަދި އިތުރު ހަރަކާތްތައް ރޭވުން.
    • ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުމާއި ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.
    • ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމަންޓް ޕޭޕަރ، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން.
    • ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
    • .  ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން.
    • .  ޓީޗަރުން ނެތް ހާލަތްތަކުގައި، ސްކޫލްގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއާއެކު އެ ޓީޗަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުން.
    • .  ސްކޫލުން ކުރިއަށްގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
    • ސުކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް، ކަނޑައެޅިފައިވާ ދުވަހަށް ލެސަންޕްލޭން ( ކުރިޔަށް އޮންނަ ހަފްތާއަށް ) ތައްޔާރުކޮށް ލީޑިންގ ޓީޗަރަށް ދެއްކެން.
    • ސުކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް "ސްކީމް އޮފް ވޯކް" ތައްޔާރުކޮށް ނިންމާ ލީޑިންގ ޓިޗަރަށް ދެއްކުން.
    • މާއްދާ ތަކުގެ ކޯޑިނޭޝަން މީޓިންގ ތަކާއި ސްޓާފް މީޓިންގ އަދި ސެޝަން މީޓިންގ ތަކުގައި ފުރިހަމައަށް ބައިވެރިވެރިވުން.
    • ސްކޫލްގައި ހިންގާ ބިޔޯންޑް ބްރަޝް ކުލަބުގެ ހަރަކާތްތައް ރާވާ ހިންގުމުގައި ބައިވެރިވެ އެހީތެރިއެއްގެ މަސްޢޫލިއްޔަތު އަދާކުރުން.

މަޤާމުގެ ޝަރުޠުތައް:

 ޓީޗަރ، ރޭންކު 1

 

 ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ކިޔަވައިދިނުމުގެ ދާއިރާ:

  ޓީޗިންގ ސާރވިސް (ޕްރައިމަރީ)

  ނޯޓް:- ޓީޗަރެއްގެ ޒިންމާއަދާކުރައްވާ ކޮންމެ ފަރާތަކުން ކިޔަވައިދިނުމުގެ ދާއިރާއިންދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ  އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތީސަނަދެއް އޮންނަންޖެހޭތީ، ކިޔަވައިދޭ މާއްދާ އަށް ޚާއްޞަކުރެވިފައިވާދާއިރާއިން  މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ފަރާތްތަކުން،ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ  މަތިން،ޓީޗިންގ ދާއިރާގެ  ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއްފުރިހަމަކުރައްވާފައިވާނަމަ، އެ ސެޓްފިކެޓް ކިޔަވައިދިނުމުގެ  ދާއިރާގެސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުންކުރެވޭނެއެވެ..

 

ތައުލީމި ދާއިރާ:

 އެޑިޔުކޭޝަން

 ޕްރައިމަރީ

 ޓީޗިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 ޓީޗިންގ ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

    1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2025/84/Application%20Formorklnpcz.kkigh5yox1e.fu0.docx
    2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
    3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
    4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
    5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް "ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 (ދެވަނަ އިސްލާޙް)" ގައި ހިމަނާފައިވާނެއެވެ.

 

ޓީޗަރ ރޭންކް 1 ގެ ކްރައިޓީރިއާ

 

އަސާސީޝަރުޠުހަމަވުން

ޓީޗަރރޭންކް 1 ގެޝަރުތުފުރިހަމަވުން

20

ތަޖުރިބާ

އަސާސީ ޝަރުތަށްވުރެ އިތުރުވާ ތަޖުރިބާ

5

އިންޓަރވިއު

25

ޕްރެކްޓިކަލް

35

 

މިވަގުތު ޓީޗަރުންގެ ޖޮބްމެޓްރިކްސްގެ މަޤާމެއްގައ ހުރި މުވައްޒަފެއްގެ ވަޒީފާ ބަދަލުކުރުމުގައި ދެވޭ އިސްތިސްނާ:

 

 ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއް (އެވަގުތު ހުރި ސްޕެޝަލައިޒޭޝަންއިން) ސިވިލް   ސަރވިސްގެ އިދާރާއެއްގެ ޓީޗަރެއްގެ މަޤާމަށް ބަދަލުކުރާނަމަ ނުވަތަ ކުރިމަތިލައި ހޮވިއްޖެނަމަ، ވަޒީފާ ހަމަޖައްސާނީ   އެވަގުތު ވަޒީފާގައި ހުރި ރޭންކުންނެވެ. އަދި އެވަގުތު ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ޝަރުޠު ހަމަވާ   ޙާލަތްތަކުގައި  ވަޒީފާ ހަމަޖައްސާނީ ޝަރުޠުހަމަވާ މަތީ ރޭންކުންނެވެ. ނަމަވެސް،   ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ   މަޤާމެއްގައި ހުރި މުވައްޒަފެއް ސިވިލް ސަރވިސްގެ އިދާރާއެއްގެ ޓީޗަރެއްގެ،   އެވަގުތު ހުރި ސްޕެޝަލައިޒޭޝަން   ނޫން އެހެން ސްޕެޝަލައިޒޭޝަންގެ މަޤާމަކަށް ވަޒީފާ ބަދަލުކުރާ ނަމަ   ނުވަތަ ކުރިމަތިލައި ހޮވިއްޖެނަމަ އެފަރާތް   އެފަރާތް ޝަރުޠު ހަމަކުރުމުގައި ސްކޫލް ޓީޗަރުންގެ ޖޮބް   މެޓްރިކްސްގައި ބަޔާންކޮށްފައިވާ "ތަޢުލީމީ ފެންވަރު"   ފުރިހަމަވާނަމަ ވަޒީފާ ހަމަޖައްސާނީ ޝަރުޠުހަމަވާ   މަތީ   ރޭންކުންނެވެ. އަދި އެވަގުތު ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ޝަރުޠު ހަމަވާ ޙާލަތްތަކުގައި   ވަޒީފާ   ހަމަޖައްސާނީ ޝަރުޠުހަމަވާ މަތީ ރޭންކުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 މެއި 2026 ގެ 13:00 ގެ ކުރިން، ރ. އުނގޫފާރު ސުކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓުގެ ނަތީޖާއަށް   ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓުގެ   ނަތީޖާއަށް ބަލައި އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އެސެސްމަންޓް އަދި އިންޓަރވިއު ( ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެސެސްމަންޓް  އޮންނާނީ، 17 މެއި 2026 އާއި 21 މެއި 2026 އާއި ދެމެދު އުނގޫފާރު ސްކޫލް ގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިއު އަދި އެސެސްމަންޓަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

 

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިއުލާނުގެ ދަށުން ޓީޗަރުގެ ބަދަލުގައި އައްޔަންކުރާ މުވައްޒަފު މަޤާމުގެ ދާއިމީ ޝަރުތު ހަމަނުވާނަ، މުސާރަ ކަނޑައަޅާނީ ތިރީގައި މިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ:

 

މަޤާމުގެ ގިންތި: ވަގުތީ

މުއްދަތު: ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން، މެޓަރނިޓީ ލީވްގައި ހުރި މުވައްޒަފު ޗުއްޓީ ނިންމާ ސްކޫލަށް ހާޒިރުވާ ދުވަހުގެ ނިޔަލަށް.

އުޖޫރަ: ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް

 

 މުވައްޒަފުގެ އެންމެ މަތީ ތައުލީމީ ފެންވަރަކީ

މަހެއްގެ މައްޗަށް ޖުމްލަ ދެވޭނެ އުޖޫރައިގެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 (އެކެއް) ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ސާނަވީ ތައުލީމު ނުވަތަ މަތީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވާކަމަށް  ވާނަމަ

10645

483.86

80.64

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ

11060

502.73

83.79

ކިޔަވައިދޭ މާއްދާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއ ހާސިލްކުރުން ކަމަށްވާނަމަ

 

12345

 

561.14

 

93.52

ކިޔަވައިދޭ މާއްދާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއ ހާސިލްކުރުން ކަމަށްވާނަމަ

 

14440

 

656.36

 

109.39

 

އިތުރު ޢިނާޔަތްތައް:  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ނޯޓް:

 ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ .ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ

  ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެ

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

06 މެއި 2026

06 މޭ 2026