ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިނިސްޓްރީގެ ނަންބަރު IUL)23/23/2015/33) އިން ކުރި އިޢުލާނަށް ހުށަހަޅާފައިވާ އަގުތައް ބޮޑުވުމާ ގުޅިގެން އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޑިމޮގްރަފިކް ހެލްތް ސާރވޭގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތިރީގައި ބަޔާން ކުރެވިފައިވާ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. (މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.)
މަސއްކަތުގެ ތަފުސީލު |
ބޭނުންވާއަދަދު |
ހެނދުނުގެ ސައިފޮދު (ހުޅުވުމުގެ ރަސްމިއްޔާތު ނުހިމެނޭ ގޮތަށް) މެންދުރުގެ ކެއުން (01 ފެބުރުވަރީ 2016 އިން 03 މާރިޗު 2016 އަށް) ހަވީރުގެ ސައިފޮދު (ނިންމުމުގެ ރަސްމިއްޔާތު ނުހިމެނޭ ގޮތަށް) |
112 މީހުން |
ހުޅުވުމުގެ ރަސްމިއްޔާތަށް ބޭނުންވާ ހެނދުނުގެ ސައިފޮދު (01 ފެބުރުވަރީ 2016) |
122 މީހުން |
ނިންމުމުގެ ރަސްމިއްޔާތަށް ބޭނުންވާ ހަވީރުގެ ސައިފޮދު |
122 މީހުން |
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
07 ޖަނަވަރީ 2016 |
ބުރާސްފަތި |
11:00 |
އަންދާސީ ހިސާބު ހުށެހެޅުން |
14 ޖަނަވަރީ 2016 |
ބުރާސްފަތި |
10:00 |
އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3014335 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
20 ރަބީޢުލްއައްވަލް 1437