ދިވެހިރާއްޖެ
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ، ދިވެހިރާއްޖެ ނަމްބަރ: (IUL)GS123/968/2026/04
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މި ސްކޫލުގެ ކުލާސްރޫމުތައް އެއަރކޮންޑިޝަންކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ،
|
މަޢުލޫމާތު ސާފުކުރުން |
ބިޑު ހުށަހެޅުން |
|
ތާރީޚް: 11 މެއި 2026 (ހޯމަ) |
14 މެއި 2026 (ބުރާސްފަތި) |
|
ގަޑި: 11:00 ތަން: އިންނަމާދޫ ސްކޫލް (އިދާރާ) |
ގަޑި: 11:00 ތަން: އިންނަމާދޫ ސްކޫލް(އިދާރާ) |
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 މެއި 10 އިން 2026 މެއި 11 ވަނަ ދުވަހުގެ ގެ ހެނދުނު 10:00 އަށް މި ސްކޫލުގެ 6580359 ފޯނަށް ގުޅުއްވައިގެން ނުވަތަ https://forms.gle/e1WXaDAC2G821Yfp8 މި ލިންކުގައިވާ "ބިޑް ރަޖިސްޓްރީ ފޯމު" ފުރިހަމަކުރައްވައިގެން ނަން ނޯޓު ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުދައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ގުޅޭގޮތުން އިތުރަށް ކަމެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ، އެކަމެއް 2026 މެއި 13 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ސްކޫލުގެ ރަސްމީ މެއިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- މިޚިދުމަތް ދިނުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރ (18/2014) ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
- ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
- މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެއްވޭނީ އެއްފަރާތެކެވެ.
- ބީލަމުގެ ރަޖިސްޓްރީގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަމްބަރ 6580359 އާއި ގުޅުއްވުން އެދެމެވެ
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
18 ޛުލްޤަޢިދާ 1447
5 މެއި 2026