ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަޤާމް: އެސިސްޓަންޓް ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޕަބްލިކް ސަރވިސް ރޭންކް 4 - ހަރުފަތް 1
މަޤާމުގެ ކްލެސިފިކޭޝަން: ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލްސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ހެޑް އޮފީސް / މާލެ
މުސާރަ: -/8,595 ރުފިޔާ
އެހެނިހެން އިނާޔަތް:
- މަޤާމުގެ އެލަވަންސް: 2,575/- ރުފިޔާ
- ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 70/- ރުފިޔާ
- ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
- ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ޕީޖީ ބިއުރޯއަށް އަންނަ ސިޓީތަކާއި އީ-މެއިލްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ޖަވާބުދިނުން.
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓްތަކާއި އެހެނިހެން ބައްދަލްވުންތަކާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އަންނަ ދަޢުވަތުތަކުގެ ހުރިހާ ކަންކަން ބެލެހެއްޓުން.
- އަހަރީ ރިޕޯޓަށް ބިއުރޯއިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
- ޕީޖީ ބިއުރޯއަށް އަންނަ ލިޔެކިޔުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން.
- އޮފީހުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުތާއި، އޮފީހުން މީޑިއާއާ ޙިއްޞާކުރުމަށް ބޭނުންވާ މަޢުލޫމާތު މި އޮފީހުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ލިޔެ، އެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ ޙާލަތްތަކުގައި މި އޮފީހުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި، މީޑިއާ އިންޓަރވިއުތަކުގައި ބައިވެރިވުން.
- އޮފީހުން ބާއްވާ އިވެންޓްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް މީޑިއާއާ ޙިއްޞާކުރުން.
- ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ އިރުޝާދާއެކު މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރުން.
- އޮފީހުން ބާއްވާ އިވެންޓުތަކާއި، އޮފީހުގެ އެހެނިހެން ހަރަކާތްތަކާއި، މީޓިންގތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވާ ބައްދަލުވުންތަކުގެ ވިޝުއަލް ކޮންޓެންޓު (ފޮޓޯ، ވީޑިއޯ) ތައްޔާރުކޮށް، އެޑިޓްކޮށް، ޝާއިޢުކޮށް، އާރކައިވްކުރުން.
- މި އޮފީހުން ބާއްވާ އިވެންޓްތަކުގެ ޚަބަރު ލިޔެ ޕޯސްޓުކުރުމާއި، ވެބްސައިޓާއި، ސޯޝަލް މީޑިއާ އެކައުންޓުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
- މި އޮފީހުގެ ސޯޝަލް މީޑިއާ (ޔޫޓިއުބް، ފޭސްބުކް، އެކްސް، ޓިކްޓޮކް، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ ފޮޓޯ އަދި ވީޑިއޯ ގްރެފިކްސް ކޮންޓެންޓު ތައްޔާރުކުރުމާއި، މި ކަންކަމުގައި ލަފާދިނުން.
- ޕްރޮސިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ އިރުޝާދުގެ ދަށުން މި އޮފީހުން ނެރޭ ނޫސްބަޔާންތައް ޑްރާފްޓު ކުރުން.
- މި އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ އިންތިޒާމު ހަމަޖެއްސުމާއި، މީޑިއާއަށް ދަޢުވަތު ދިނުމާއި، އަދި މީޑިއާތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ވަސީލަތްތަކާއި، މަޢުލޫމާތު އެއްކޮށް، ފޯރުކޮށްދިނުން.
- މި އޮފީހުން މީޑިއަށް ދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަދި މީޑިއާއިން މި އޮފީހުން ހޯދަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- މީގެ އިތުރުންވެސް އިސްވެ ދެންނެވުނު މަސްޢޫލިއްޔަތުތަކާ ގުޅުންހުރި، މި އޮފީހުން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ތައުލީމީ ރޮނގުތައް:
އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް
މަޤާމުގެ މަސައްކަތާ ގުޅޭ
އެޑްމިނިސްޓްރޭޝަން ދާޢިރާ / މެނޭޖްމަންޓް ދާއިރާ / މީޑިއާ ދާއިރާ
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 12 މެއި 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 މެއި 2026 – 12 ޖޫން 2026 ވަނަ ދުވަހު މާލޭގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
17 ޛުލްޤަޢިދާ 1447
4 މެއި 2026