ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-HRS/199/2026/43
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2026
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 12 މޭ 2026 13:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

                        

އިޢުލާނު

މަޤާމު:

ލީގަލް އޮފިސަރ   

މަޤާމުގެ ނަންބަރު:

J-449951

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1

ސެކްޝަން/ ޔުނީޓް

ލީގަލް ޑްރާފްޓިންގ އެންޑް އެޑްވައިޒަރީ ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު 10875.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 5075.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/135 (ހާޒިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

 

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ދަޢުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް އެކުލަވާލުމާއި އަދި އެގަވާއިދުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރުން.
  2. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާއި އަދި އެގަވާއިދުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރުން.
  3. އެޖެންސީ އިން ކުރިއަށް ގެންދާ އެހެނިހެން އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގަވާއިދު އަދި އުސޫލުތައް އެކުލަވާލުމާއި، މިގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރުން.
  4. އެޖެންސީގެ އިދާރީ ހިންގުމަށް ބޭނުންވާ ބޭނުންވާ އުސޫލުތައް އެކުލަވާލުމާއި، މިއުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރުން.
  5. ޤާނޫނީ ގޮތުން އެޖެންސީއަށް ލާޒިމްކުރާ ކަންތައްތަކާއި ގުޅޭ ގޮތުން ތައްޔާރު ކުރަން ޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް ކުރުން.
  6. އެޖެންސީގައި ހިންގާ ޕްރޮގްރާމްތަކާއި ގުޅުންހުރި ޤާނޫނީ ގޮތުން ޢާންމުންނަށް ދޭންޖެހޭ މަޢުލޫމާތު ދިނުމުގެ މަސައްކަތްތައް ކުރުން.
  7. އެޖެންސީގެ މަސައްކަތްތަކާއި ގުޅޭ ޤާނޫނު، ގަވާއިދު އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު މުވައްޒަފުން، ސްޓޭކްހޯލްޑަރުން އަދި ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، މުވައްޒަފުންނާއި ގުޅޭ އިދާރީ ހިންގުމުގެ ގަވާއިދު އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދިނުން.
  8. އެޖެންސީން ފޯރުކޮށްދޭ އެހީތަކާއި އެޖެންސީގެ މައިގަނޑު މަސައްކަތާއި ގުޅޭގޮތުން، އަދި އެޖެންސީގެ އިދާރީ މަސައްކަތްތަކުގައާއި ހިންގުމުގެ މަސައްކަތުގައި ދިމާވާ ކަންކަމާއި ގުޅިގެން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމުގެ މަސައްކަތް ކުރުން.
  9. އެޖެންސީގެ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރެވޭ އެންމެހާ އެއްބަސްވުންތަކާއި ފަހުމުނާމާތައް ބެލެހެއްޓުމާއި، އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ދަފްތަރު ބެލެހެއްޓުމާއި، ގަވާއިދުން މި ދަފްތަރު އަދާހަމަކުރުމާއި، އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ މުއްދަތު ހަމަވާން ގާތްވުމުން އެކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުން.
  10. އެޖެންސީން އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދޭ ދެބަސްވުންތަކާއި، ފާހަގަ ކުރެވޭ މައްސަލަތަކާއި ގުޅިގެން ހަދަންޖެހޭ ދިރާސާތައް ހެދުމާއި، ޤާނޫނީ ލަފާ ދިނުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
  11. އެޖެންސީގެ މަސައްކަތާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ކޮމިޓީތަކުގެ މެންބަރެއްގެ ގޮތުގައި ނުވަތަ ސެކްރެޓޭރިއެޓްގެ ގޮތުގައި އައްޔަނުކުރެވިއްޖެނަމަ އެ މަސައްކަތްތައް ކުރުން.
  12. ސެކްޝަނަށް ހުށަހެޅޭ ލިޔެކިޔުންތަކާއި އެތަކެއްޗާއި ގުޅޭ ލިޔެކިޔުންތައް، އަދި ސެކްޝަނަށް ތައްޔާރުކުރާ އެންމެހާ ލިޔެކިޔުންތަކުގެ ކޮޕީތައް ފައިލްކުރުމާއި، ޑޮކިއުމަންޓް މެނޭޖްމަންޓް ސިސްޓަމުގައި ގަވާއިދުން އަދާހަމަ ކުރުން.
  13. ސެކްޝަނުން ކުރާ މަސައްކަތްތަކުގެ ތަފްސީލު އަދި ތަފާސް ހިސާބު ގަވާއިދުން ބެލެހެއްޓުން.
  14. ކަނޑައެޅިފައިވާ އުސޫލުން ޑިވިޜަންގެ ޔައުމިއްޔާ އެކުލަވާލާ އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ހިއްސާކުރުން.
  15. ޑިވިޜަންގެ މަސައްކަތްތަކާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. އެޑްމިރަލްޓީ ލޯ 
  2. އެގްރިކަލްޗަރަލް ލޯ 
  3. އެއަރ އެންޑް ސްޕޭސް ލޯ 
  4. އެނިމަލް ލޯ 
  5. އެންޓި-ޓްރަސްޓް ލޯ 
  6. އާބިޓްރޭޝަން ލޯ 
  7. އޭވިއޭޝަން ލޯ 
  8. ބޭންކިންގ ލޯ 
  9. ބޭންކްރަޕްސީ ލޯ 
  10. ބިޒްނަސް ލޯ 
  11. ޗިލްޑްރަންސް ރައިޓްސް ލޯ 
  12. ސިވިލް ލޯ 
  13. ސިވިލް ރައިޓްސް ލޯ 
  14. ކޮމަރޝަލް ލޯ 
  15. ކޮމްޕަރަޓިވް ލޯ 
  16. ކޮމްޕެޓިޝަން ލޯ 
  17. ކޮންސްޓިޓިއުޝަނަލް ލޯ 
  18. ކޮންޓްރެކްޓް ލޯ 
  19. ކޯޕަރޭޓް ލޯ 
  20. ކްރިމިނަލް ލޯ 
  21. ސައިބަރ ސެކިއުރިޓީ ލޯ 
  22. އީ-ކޮމަރސް ލޯ 
  23. އެޑިއުކޭޝަން ލޯ 
  24. އެމްޕްލޯއީމަންޓް ލޯ 
  25. އެންޓަރޓެއިންމަންޓް ލޯ 
  26. އެންވަޔަރަންމަންޓަލް ލޯ 
  27. ފެމިލީ ލޯ 
  28. ފައިނޭންޝަލް ލޯ 
  29. ފުޑް ލޯ 
  30. ހެލްތް ލޯ 
  31. ހިއުމަން ރައިޓްސް ލޯ 
  32. އިމިގްރޭޝަން ލޯ 
  33. އިންޝުއަރަންސް ލޯ 
  34. އިންޓަރލެކްޗުއަލް ޕްރޮޕަޓީ ލޯ 
  35. އިންޓަރނޭޝަނަލް ލޯ 
  36. އިސްލާމިކް ލޯ 
  37. ޖުޑީޝަރީ ލޯ 
  38. ލޭބަރ ލޯ 
  39. ލޭބަރ ރިލޭޝަންސް ލޯ 
  40. ލޯ 
  41. ލޯ އޮފް ދަ ސީ 
  42. މެރިޓައިމް ލޯ 
  43. މެޑިކަލް ލޯ 
  44. މެންޓަލް ހެލްތް ލޯ 
  45. މައިގްރޭޝަން ލޯ 
  46. މިލިޓަރީ ލޯ 
  47. ޕޭޓަންޓް ލޯ 
  48. ޕަރސަނަލް އިންޖަރީ ލޯ 
  49. ޕަބްލިކް ލޯ 
  50. ރިއަލް އެސްޓޭޓް ލޯ 
  51. ރިލިޖަސް ލޯ 
  52. ޝަރީޢާ 
  53. ޝަރީޢާ އެންޑް ލޯ 
  54. ޓެކްސް ލޯ 
  55. ޓެކްނޯލޮޖީ ލޯ 
  56. ޓްރޭޑް ލޯ 
  57. ޓްރާންސްޕޯޓް ލޯ 
  58. ވުމެންސް ލޯ

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާ

  • ޤާނޫނީ ދާއިރާގެ ޢަމަލީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

30

 

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

ޕްރެޒެންޓޭޝަން

10

 

30

އިންޓަރވިއު

20

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 މޭ 12 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. އުތުރުވެހި، 6 ވަނަ ފަންގިފިލާ، ކެނެރީ މަގު) ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2026 މޭ 14 އާއި 2026 ޖޫން 30 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭކ.މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

  

04 މޭ 2026